ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޭކުރެންދޫ ކައުންސިލުން ޕިކަޕްތައް ބޭނުން ކުރުމުގެ އުސޫލް

          ކައުންސިލުން ޕިކަޕްތައް ބޭނުން ކުރުމުގެ އުސޫލް

* ތަޢާރަފާއި ނަން:

         (ހ) މިއީ 2018ވަނަ އަހަރު ނޭކުރެންދޫ ކައުންސިލުން ކުނި މެނޭޖްކުރުމަށްޓަކައި ހޯދައި، ނޭކުރެންދޫ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ C1A4296 އަދި C4A1058 ޕިކަޕްތައް ބޭނުން ކުރުމަށް ނޭކުރެންދޫ ކައުންސިލުން ތައްޔާރުކޮށް އެކުލަވާލާފައިވާ އުސޫލެކެވެ.

         (ށ) މި އުސޫލަށް ކިޔަނީ " ނޭކުރެންދޫ ކައުންސިލްގެ ޕިކަޕްތައް ބޭނުންކުރުމުގެ އުސޫލެވެ."

* މަޤްސަދު:

          “ނޭކުރެންދޫގެ ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމް ދެމެހެއްޓެނިވި އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޕްރޮޖެކްޓަކަށް ހެދުމަށާއި ކައުންސިލަށް ޢާއްމުދަނީ އިތުރުކުރުމާއި ކައުންސިލުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަށް އެއްގަމު މަގުން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ލުއިފަސޭހަ ކުރުމެވެ."

  • ·        މި އުސޫލަށް އަމަލުކުރަން ފަށާ ތާރީޙް:

         މި އުސޫލަށް އަމަލުކުރަންފަށާނީ ކައުންސިލުން މި އުސޫލް ފާސްކޮށް ގެޒެޓް ކުރާ ތާރީޙުން ފެށިގެންނެވެ.

  • ·        ޕިކަޕް ބޭނުންކުރުން:

         ޕިކަޕް ބޭނުން ކުރާނީ ކުނި މެނޭޖް ކުރުމަށާއި ކައުންސިލަށް ޢާއްމުދަނީ ހޯދުމަށް ކުލީ ދަތުރު ކުރުމަށާއި ކައުންސިލްގެ އެކިއެކި ޕްރޮގްރާމްތަކަށެވެ.

* ދަތުރުގެ އަގުތަށް:

         (ހ) ކައުންސިލުން އަގުތަށް ކަނޑައެޅުމުގައި އެއިރެއްގައި މާރކެޓްގައި ޑީސަލް އަދި އެހެނިހެން ތަކެތި ލިބެން ހުންނަ އަގަށް ބަލަންވާނެއެވެ. އަގު ބޮޑުކުރުމާއި ކުޑަކުރުމުގެ އިޙްތިޔާރް ކައުންސިލަށް ލިބިގެންވެއެވެ. އަދި އަގަށް ބަދަލުގެންނަންވާނީ ކައުންސިލްގެ އާއްމު ބައްދަލުވުމަކަށް ހުށައަޅައި ފާސްކޮށްގެންނެވެ. އެގޮތުން މިހާރުގެ އަގުތަށް ތިރީގައި އެވަނީއެވެ.

1.5ޓަނުގެ ޕިކަޕުގެ އަގުތައް:

   1. ޢާއްމު ދަތުރުތަށް                                           -/50

   2. ވެލި/ހިލަ/ހިލަވެލި/ސިމެންތި                                      -/60

   3. ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީ ކޮށްފައިވާ ގޭގެއިން ކުނި ދަތުރު       -/40

   4. ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީ ކޮށްފައިނުވާ ގޭގެއިން ކުނި ދަތުރު       -/60

   5. ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކަށާއި އަމިއްލަ ޖަމިއްޔާތަކަށް ބިލްކުރާގޮތަށް          -/60

   6. ގަޑި ދަތުރު ގަޑިއިރަކަށް                                            180/-

   7. ގިނަ ތަންތަނަށް ހުއްޓާ ދަތުރު އަގުގެ އިތުރުން ހުއްޓާ ކޮންމެ ތަނަކަށް              -/20

އައިލެންޑް ޕިކަޕްގެ އަގުތައް:

1. ޢާއްމު ދަތުރުތަށް                                              -/20

   2. ވެލި/ހިލަ/ހިލަވެލި/ސިމެންތި                                      -/20

   3. ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީ ކޮށްފައިވާ ގޭގެއިން ކުނި ދަތުރު       -/15

   4. ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީ ކޮށްފައިނުވާ ގޭގެއިން ކުނި ދަތުރު       -/20

   5. ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކަށާއި އަމިއްލަ ޖަމިއްޔާތަކަށް ބިލްކުރާގޮތަށް          -/25

   6. ގަޑި ދަތުރު ގަޑިއިރަކަށް                                            -/100

   7. ގިނަ ތަންތަނަށް ހުއްޓާ ދަތުރު އަގުގެ އިތުރުން ހުއްޓާ ކޮންމެ ތަނަކަށް              -/5

ނޯޓް: މީގެ އިތުރުން މަތީގައި ބަޔާންކޮށްފައިވާ ދަތުރުތަކުގެ އިތުރުން ތަފާތު ދަތުރުތަކެއް ކުރަންޖެހިއްޖެކަމުގައިވާނަމަ އެދަތުރެއްގެ އަގު ކަނޑައަޅާނީ ސްޕަވައިޒަރުގެ ބެލުމުގެ ދަށުން އެއިރެއްގައި އާއްމުކޮށް ރަށުގައި ދަތުރުކުރާ އަގުތަކަށް ބަލައިގެންނެވެ.

* ޕިކަޕް ދުއްވުން:

         (ހ) ކައުންސިލްގެ ޕިކަޕް ދުއްވާނީ ސްޕަވައިޒަރގެ ބެލުމުގެ ދަށުން ކައުންސިލުން އެއިރަކު ކަނޑައަޅާފައިވާ ޑްރައިވަރު ނުވަތަ ކައުންސިލުން އަންގާ މުވައްޒަފެއް ނުވަތަ ފަރާތެކެވެ.  އެހެން ނަމަވެސް ކައުންސިލް ޕިކަޕް ދުއްވަން އަރާ ޑްރައިވަރަކީ ސަރުކާރުން މިކަމަށް ހަދާފައިވާ ޤަވައިދަށްފެތޭ އެއްގަމު އުޅަދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތަކަށް ވާންޖެހޭނެއެވެ.

         (ށ) ކައުންސިލްގެ ޕިކަޕް ދުއްވަނީ ސަރުކާރުން ކަނޑައަޅާ އުސޫލަތަކާއި އެއްގޮތް އަހަރީ ފީއާއި ރޯޑްވާދިނަސް އަދި އިންސިއުރަންސް ކޮށްގެނެވެ. އަދި މިކަން ފުރިހަމަވެފައިވާކަން ޕިކަޕުން ފެންނަން ހުންނަންޖެހޭނެއެވެ.

         (ނ) މި އޫސުލުގެ ދަށުން ކުރެވޭ ހުރިހާ ދަތުރެއްގެ ލޮގް ޝީޓް ކޮންމެ މީލާދީ މަހެއްގެ 25 ވަނަ ދުވަހު ކައުންސިލާއި ހަވާލު ކުރަންވާނެއެވެ.

* ކުލީ ދަތުރު ކުރެވޭނެގޮތް:

                      (ހ) ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ކައުންސިލަށް އާއްމުދަނީ ލިބޭނެގޮތަށް ކުރެވޭ ކޮންމެ ދަތުރަކީ ސްޕަވައިޒަރަށް އެނގި ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށް އެނގި، ލޮގް ކުރެވި އެދަތުރަކަށް ފައިސާނެގޭ ދަތުރަކަށް ވާންޖެހޭނެއެވެ.

         (ށ) މި އުސޫލު ފާސްކުރެވި އާއްމުކުރެވޭ ހިސާބުން ދަތުރުތައް ނެގުމަށް ގުޅަންޖެހޭ ހުރިހާ ނަންބަރެއް އާއްމުނަނަށް އެނގޭނެހެން އާއްމުކުރަންވާނެއެވެ. އަދި ޑްރައިވަރު، ސްޕަވައިޒަރާއި ކައުންސިލުން އެކަމަށް ކަނޑައަޅާ ފަރާތަށް އަބަދުވެސް ފޯނާއި ގުޅޭނެ އިންތިޒާމެއް ހަމަޖައްސާފައި އޮންނަންޖެހޭނެއެވެ.

         (ނ) ކުރެވޭ ކޮންމެ ދަތުރަކީ ލޮގް ނެގިގެން ކުރެވޭ ދަތުރަކަށް ވާންޖެހޭނެއެވެ.

         (ރ) ދިމާވާ އެމެޖެންސީ ހާލަތްތަކުގައި ދަތުރު ކުރުމުގެ އިޙްތިޔާރު ޕިކަޕް ޑްރައިވަރަށް ލިބިގެންވާނެއެވެ. އެހެން ނަމަވެސް އެދަތުރު ކުރަންޖެހުނު ސަބަބު ސާފުކޮށް ލިޔެވިފައި އޮންނަންވާނެއެވެ.

         (ބ) ޕިކަޕް ދަތުރުތަކަށް ލިބޭ ފައިސާ މަދުވެގެން ހަފްތާއަކު އެއްފަހަރު ކައުންސިލާއި ހަވާލުކޮށް ރަސީދު ހޯދުމަކީ ސްޕަވައިޒަރ ކުރަންޖެހޭކަމެކެވެ. ކައުންސިލާއި ފައިސާ ހަވާލުކުރަންވާނީ އެކަމަށް ޙާއްސަ ކުރެވިފައިވާ ފޮތެއްގައި ލިޔެގެންނެވެ. އެފޮތުގައި ދަތުރަށް ދޫކުރެވުނު ލޮގްނަންބަރާއި ދަތުރު ކުރިފަރާތާއި ޑްރައިވަރާއި ދަތުރުނެގި ތާރީޙް އަދި ގަޑި މަދުވެގެން އެނގެން އޮންނަންވާނެއެވެ.

         (ޅ) މި އުސޫލުގެ ދަށުން ޕިކަޕް ދުއްވުމަށް ޑްރައިވަރު އުޒުރުވެރިވާ ހާލަތެއް އައިސްފިނަމަ އެކަން ސްޕަވައިޒަރަށް ރިޕޯޓްކޮށް ސްޕަވައިޒަރުގެ ބެލުމުގެ ދަށުން ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަންވާނެއެވެ.

* ޕިކަޕް ދޮވުމާއި ތެޔޮއެޅުން:

         (ހ) މި އުސޫލުގެ ދަށުން ޕިކަޕުގައި އަބަދުވެސް ހުސްނުވެ ތެޔޮހުންނަންވާނެއެވެ. ކޮންމެ ދުވަހަކު މަސައްކަތް ފެށުމުގެ ކުރިން ޕިކަޕްގައި ހުންނަންޖެހޭ ހުރިހާ ތެލެއް ހަމަޔަށް ހުރިތޯ  ބަލާ ރިޕޯޓް ކުރުމަކީ ޑްރައިވަރު ކުރަންޖެހޭ ކަމެކެވެ. ޑްރައިވަރު އެކަން ރިޕޯޓްކުރާނީ ސްޕަވައިޒަރަށެވެ. ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

         (ށ) މި އުސޫލުގެ ދަށުން މަދުވެގެން ހަފްތާއަކު އެއްފަހަރު ޕިކަޕް ދޮވެ ސާފުކޮށް ބެލެހެއްޓުމަކީ ޕިކަޕް ޑްރައިވަރު ކުރަންޖެހޭ ކަމެކެވެ. މިކަން ކުރޭތޯ ބެލުމަކީ ސްޕަވައިޒަރުގެ ޒިންމާއެކެވެ.

         (ނ) ޕިކަޕް ދޮވުމަށް ހަރަދެއް ކުރަންޖެހޭނަމަ އެކަމަށް ނަގަންޖެހޭ ހުރިހާ ހުއްދައެއް ނެގުމަކީ ސްޕަވައިޒަރު ކުރަންޖެހޭ ކަމެކެވެ.

         (ރ) ޕިކަޕަށް އަޅަން ބޭނުންކުރާ ޑީސަލް، އަޑީތެޔޮ އަދި އެހެނިހެން ތެޔޮތައް ޑްރައިވަރަށް ދޫކުރަންވާނީ ފޮތެއްގައި ސޮއިކުރުވުމަށްފަހު ސްޕަވައިޒަރު ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކުންނެވެ.

 

 

* އުފުލޭ މުދާ / ގޮތް:

         (ހ) މި އުސޫލުގެ ދަށުން ހުރިހާ ވައްތަރެއްގެ މުދާވެސް އުފުލޭނެއެވެ. އެހެން ނަމަވެސް ޕިކަޕްގެ ކެޕޭސިޓީއަށްބަލާ ޕިކަޕަށް ގެއްލުންވާވަރަށް ތަކެތި އަރުވައިގެން ނުވާނެއެވެ. ތަކެތި އެރުވުމުގައި މިންގަނޑު ހިފެހެއްޓުމަކީ ޑްރައިވަރު ކުރަންޖެހޭކަމެކެވެ.

         (ނ) މި އުސޫލުގެ ދަށުން ޕިކަޕްގައި މަސް އުފުލަންޖެހޭ  ހާލަތްތަކުގައި މަސްއުފުލާނީ ޕިކަޕަށް މަހުގެ ލޭ ނުފައިބާ ގޮތަށް ސަތަރިއެއް އަޅައިގެންނެވެ.

* ދަތުރު އެލަވަންސް:

         (ހ) ޕިކަޕްތަކުގައި  ކުރާ ކުލީ ދަތުރުގެ އަގުގެ ޑްރައިވަރަށް އިތުރުގަޑީގެ އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ.

         (ށ) މި އުސޫލުގެ ދަށުން ކުރެވޭ ދަތުރުތަކުން އިތުރުގަޑީގެ އެލަވަންސްގެ ގޮތުގައި ފައިސާ ދޫކުރެވޭނީ މަހުގެ މުސާރައާއިއެކު ޑްރައިވަރުގެ އެކައުންޓަށެވެ. ނުވަތަ މުސާރައަށް ދޭ އުސޫލެއްގެ މަތިންނެވެ. މި އެލަވަންސް ހިސާބު ކުރުމުގައި ބަލާނީ މަސްދުވަހުގެ ދަތުރު ލޮގަށް އަދި ރަސީދަށެވެ.

27 ޖޫން 2018
ހޯދާ