މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ. 

މަޤާމް:

ހެޑް އޮފް ސެކިއުރިޓީ

ސެކްޝަން:

ސެކިއުރިޓީ ސަރވިސަސް ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • މޯލްޑިވްސް ޑިފެންސް ފޯސް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސަސްގައި މަދުވެގެން 10 އަހަރު ޚިދުމަތް ކޮށް އަދި ހިންގުމުގެ އިސްމަގާމުގައި މަސައްކަތް ކުރަށްވާފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި އިމާރާާތާއި ތަކެތީގެ ސެކިއުރީ ބެލެހެއްޓުމާ ބެހޭ ދާއިރާއިން ތަމްރީނާއި ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުން އަދި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން، އެމްއެމްއޭގައި ޤާއިމް ކޮށްފައިވާ ސެކިއުރިޓީ ނިޒާމް މެދުވެރިކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުމާއި އެނިޒާމް އިތުރަށް ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން

ހުނަރުވެރިކަން: 

  • ސެކިއުރިޓީއާ ގުޅޭ ސިޔާސަތުތައް އެކަށައެޅުމާއި ތަންފީޒު ކުރުމުގެ ގާބިލްކަން ހުރުން
  • ސީސީޓީވީއާއި އެކްސެސް ކޮންޓްރޯލް ސިސްޓަމްތައް މަސައްކަތްކުރާގޮތް ދެނެގަތުމުގެ ހުނަރު ހުރުން
  • ޓީމެއް ގޮވައިގެން މަސައްކަތް ކުރުމާއެކު މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން
  • އަމިއްލަ އިސްނެގުމާއިއެކު މަސައްކަތްތައް ރާވާ ހިންގުމުގެ ޤާބިލްކަން ހުރުން
  • ރިޕޯޓްލިޔުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ޤާބިލްކަން ހުރުން

މުސާރަޔާއި އިނާޔަތްތައް

22,000.00 – 30,000.00 ރުފިޔާ   (ލިބިފައިވާ ތައުލީމާއި ތަމްރީނާ ތަޖްރިބާއަށް ރިޢާޔަތް ކުރުމަށް ފަހު)

މަޤާމް:

ޕްރޮޖެކްޓް ޑިރެކްޓަރ

ސެކްޝަން

ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޑެވެލޮޕްމެންޓް ޕްރޮޖެކްޓްސް ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ސްޓްރެޓެޖިކް މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ބޭންކިންގް ގެ ދާއިރާއިން މާރސްޓަރސް ޑިގްރީ ހާސިލު ކޮށްފައިވުން
  • ފައިނޭންޝަލް ސެކްޓަރއާ ނުވަތަ އައިޓީ ދާއިރާގެ ޕްރޮޖެކްޓްތައް ރާވާ ހިންގުމާއި މޮނިޓަރ ކުރުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ފަރާތުން ހިންގާ މުހިއްމު ޕްރޮޖެކްޓަތައް ރާވާ ހިންގާ މޮނިޓަރ ކުރުމާއި ޕްރޮޖެކްޓަކާއި ގުޅުން ހުރި ފަރާތްތަކާ ބައްދަލުކޮށް މަސްވަރާކުރުމާއި ޕްރޮޖެކްތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު މެނޭޖްމަންޓަށް ހުށަހެޅުން

ހުނަރުވެރިކަން: 

  • މަސައްކަތުގެ ދާއިރާއާ ގުޅޭ އެކިއެކި ރިސަރޗްތައް ހެދުމާއި ލިބޭ މައުލޫމާތުތަކުގެ މަށްޗަށް ބިނާކޮށް ރިޕޯޓްލިޔުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ޤާބިލްކަން ހުރުން
  • ޓީމެއް ގޮވައިގެން މަސައްކަތް ކުރުމާއެކު މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން
  • އަމިއްލަ އިސްނެގުމާއިއެކު މަސައްކަތްތައް ރާވާ ހިންގުމުގެ ޤާބިލްކަން ހުރުން

މުސާރަޔާއި އިނާޔަތްތައް

25,000.00 – 30,000.00 ރުފިޔާ

މަޤާމް:

ޑެޕިއުޓީ މެނޭޖަރ

ސެކްޝަން/ޑިވިޜަން:

އިސްލާމިކް ޕްރޮޑަކްޓްސް، ޕަބްލިކް ޑެޓް މެނޭޖްމަންޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާރސްޓަރސް ނުވަތަ ފުރަތަމަ ޑީގްރީ ހާސިލުކޮށްފައިވުން 
  • އިސްލާމިކް ފައިނޭންސްގެ ދާއިރާއިން 3-4 އަހަރުގެ ތަޖްރިބާ ލިބިފައިވުން
  • ފައިނޭންޝަލް ސެކްޓަރގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި މައިކްރޯސޮފްޓް އެކްސެލް އަދި ވޯޑް ރަގަޅަށް އިނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސަރުކާރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ސެކިއުރިޓީސް އިޝޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތަކާއި ސަރުކާރުގެ ސެކިއުރިޓީ މާރކެޓް ހަރުދަނާކޮށް ތަރައްގީކުރުމުގައި އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް

18,000.00 – 21,800.00 ރުފިޔާ

މަޤާމް:

ޑެޕިއުޓީ މެނޭޖަރ

ޑިވިޜަން:

ފައިނޭންޝަލް މެނޭޖްމަންޓް އެންޑް ރިޕޯޓިން ސެކްޝަން/ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާގެ މުއްދަތު

01 (އެކެއް) އަހަރު

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އޭސީސީގެ މެމްބަރޝިޕް ލިބިފައިވުން ނުވަތަ އެކައުންޓިންގެ ފައިނޭންސްގެ ދާއިރާއިން މާރސްޓަރސް ހާސިލު ކޮށްފައިވުން ނުވަތަ
  • އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
  • އެކައުންޓްސް އެންޑް ފައިނޭންސްގެ ދާއިރާއިން 3-4 އަހަރުގެ ތަޖްރިބާ ލިބިފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި، އޭސީސީއޭގެ މެމްބަރޝިޕް ލިބިފައިވާ ނުވަތަ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓެންޑަރޑްސް (އައިއެފްއާރުއެސް) އާ އެއްގޮތަށް ތައްޔާރުކޮށް އަދި ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އެނަލައިޒް ކުރުން.

މުސާރަޔާއި އިނާޔަތްތައް

18,000.00 – 21,800.00 ރުފިޔާ

މަޤާމް:

ޑެޕިއުޓީ މެނޭޖަރ

ޑިވިޜަން:

ބޭންކިން ސުޕަރވިޝަން ސެކްޝަން / ބޭންކިން ސުޕަރވިޝަން ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ބިޒްނަސް، ކޮމާރސް ނުވަތަ ސްޓެޓިސްޓިކްސް ގެ ދާއިރާއިން މާރސްޓަރސް ޑިގްރީ ނުވަތަ ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
  • ބޭންކިން ނުވަތަ ފައިނޭންސް ނުވަތަ އެކައުންޓިން ދާއިރާއިން 3-4 އަހަރުގެ ތަޖްރިބާ ލިބިފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި، ބޭންކިން، ފައިނޭންސް، އެކައުންޓިން ނުވަތަ ސްޓެޓިސްޓިކްސް ގެ ދާއިރާއިން ތައުލީމް ހާސިލު ކޮށްފައިވާ ފަރާތްތަކަށްއިސްކަން ދެވޭނެއެވެ.
  • ޖީސީއީ އޯލެވެލްގެ އިނގިރޭސި މާއްދާ އިން ދަށްވެގެން "ބީ" ފާސް ލިބިފައިވުން

ހުނަރުވެރިކަން: 

  • މައިކްރޯސޮފްޓް އެކްސެލް/ސްޓެޓިސްޓިކަލް ސޮފްޓްވެއަރ ބޭނުން ކޮށްގެން އެނަލިސިސް ހަދަން އެނގުން
  • ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމާއި މަސައްކަތާގުޅޭ ޕޭޕަރ/ރިޕޯޓް ލިޔުމާއި ޕްރެޒެންޓް ކުރުމުގެ ޤާބިލްކަން ލިބިފައިވުން

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް:

 

  • ބޭންކުތައް ސުޕަވައިޒުކޮށް ރެގިއުލޭޓް ކުރުމާ ގުޅޭ މަސައްކަތްތައް

މުސާރަޔާއި އިނާޔަތްތައް

18,000.00 – 21,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ޓްރެޜަރީ ބޮންޑް އެންޑް ޓީ-ބިލްސް، ޕަބްލިކް ޑެޓް މެނޭޖްމަންޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އިކޮނޮމިކްސް ނުވަތަ ފައިނޭންސް ނުވަތަ މި ދެ ދާއިރާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
  • ފައިނޭންޝަލް ސެކްޓަރގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި މައިކްރޯސޮފްޓް އެކްސެލް އަދި ވޯޑް ރަގަޅަށް އިނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސަރުކާރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ސެކިއުރިޓީސް އިޝޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތަކާއި ސަރުކާރުގެ ސެކިއުރިޓީ މާރކެޓް ހަރުދަނާކޮށް ތަރައްގީކުރުމުގައި އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މި ވަޒީފާ ތަކަކީ 2 (ދޭއް) އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ދެވޭ ވަޒީފާތަކެކެވެ. ނަމަވެސް 02 (ދޭއް) އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓް އައު ކުރެވޭނެއެވެ. ނުވަތަ ވަޒިފާ ދާއިމީ ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ޑިގްރީ އަދި މާރސްޓަރސް ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

05 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

27 ޖޫން 2018
ހޯދާ