މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުދާ ނީލަން ކިޔުމާއި ބެހޭ ޤަވާއިދު

މި ކުންފުނީގައި ޢަމަލުކުރަމުން ގެންދާ މުދާ ނީލަން ކިޔުމުގެ ޤަވާއިދަށް އިސްލާހު ގެނެވި އަލަށް ތައްޔާރު ކުރެވުނު ޤަވާއިދަށް 27 ޖޫން 2018 އިން ފެށިގެން ޢަމަލު ކުރުމަށް ވަނީހަމަޖެހިފައެވެ. އަލަށް އެކުލަވާލެވުނު މި ޤަވާއިދާއެކު، މުދާ ނީލަން ކިޔުމުގައި ކުރިން ޢަމަލުކުރެވުނު ޤަވާއިދު ވަނީ ބާޠިލް ކުރެވިފައެވެ.

ވީމާ، މުދާ ނީލަން ކިޔުމުގައި އަލަށް އެކުލަވާލެވުނު ޤަވާއިދުގެ ދަށުން ބޭނުންކުރުމަށް ނިންމާފައިވާ އެހެނިހެން ލިޔެކިޔުންތަކާއި ޤަވާއިދު އިޢުލާނާއެކު ޝާއިޢު ކުރެވި، އަދި މި ކުންފުނީގެ ވެބްސައިޓް، www.port.mv އިން ފެނިވަޑައިގަންނަވާނެ ކަމުގައި ދެންނެވީމެވެ.

27 ޖޫން 2018
ހޯދާ