މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ސަރވިސަސް އިން ތ.މަޑިފުށި އަދި ހދ.ހަނިމާދޫ ގައި ކުރަމުންދާ ޕްރޮޖެކްޓަށް ބޭނުންވާ 2 އެކްސްކަވޭޓަރ (ސައިޒް-35) ކުއްޔަށްހިފުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 02 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 12:00 އަށް މި ސަރވިސަސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި ސަރވިސަސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް 28 ޖޫން 2018 ވާ ބުރާސްފަތި ދުވަހުން ފެށިގެން 05 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ނިޔަލަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާންއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3020853 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުންއެދެމެވެ.

13 ޝައްވާލް 1439

 

27 ޖޫން 2018
ހޯދާ