ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކަހަނބު ދޯނި ވިއްކާލުމަށް ކުރިން ކުރެވުނު އިޢުލާން 60-އޭޑީއެމް/75/2018 ނަންބަރު ބާތިލުކޮށް އަލުން ދޯނި ނީލަމުގައި ވިއްކާލުން

ކަހަނބު ދޯނި ވިއްކާލުމަށް ކުރިން ކުރެވުނު އިޢުލާން 60-އޭޑީއެމް/75/2018 ނަންބަރު ބާތިލުކޮށް އަލުން ދޯނި ނީލަމުގައި ވިއްކާލުން

އެސްޓީއޯއިން މުދާ އުފުލަން ބޭނުންކުރި 100 ފޫޓުގެ (ކަހަނބު) ދޯނި އިންޖީނާއިއެކު ނީލަމުގައި ވިއްކާލުމަށް ކުރިއަށްގެންދެވުނު ނީލަމުގެ ތެރޭގައި ދިމާވި އިދާރީ މައްސަލައަކާއި ގުޅިގެން، އެ އިޢުލާން ބާތިލުކޮށް (ކަހަނބު) ދޯނި ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލަމެވެ.

ދޯނީގެ ތަފްސީލް

ނަން: ކަހަނބު

ދިގުމިން: 30.480 މީޓަރު (100 ފޫޓު)

ފުޅާމިން: 10.970 މީޓަރު (36 ފޫޓު)

ފުންމިން: 4.270 މީޓަރު (14 ފޫޓު)

ގްރޮސްޓަނޭޖް: 86.590

ރަޖިސްޓްރީ ނަންބަރު: C4704B-03 10T

މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނި ބައްލަވާ ލެއްވުން

ނީލަމުގައު ދޯނި ބައްލަވައިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނިބައްލަވާ ލެއްވުމަށް ގުޅުއްވާނީ މިކުންފުނީގެ އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އަލްފާޞިލް މުޙައްމަދު އަބްދުﷲ ފޯނު ނަންބަރު 7775274 ނުވަތަ 3012644 އަށެވެ.

  • ނީލަން ފެށޭއަގަކީ 2،075،000.00ރ (ދެމިލިއަން ހަތްދިހަފަސް ހާސް ރުފިޔާ)އެވެ.
  • ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން 5000.00ރ (ފަސްހާސް ރުފިޔާ)އެވެ.
  • ދޯނި އޮންނާނީ ތިލަފުށީ އެސްޓީއޯ ސައިޓްގެ އެއްގަމު ތޮށިގަނޑު ކައިރީގައެވެ.

އަގުހުށަހެޅުން

މިދޯނި ނީލަމުން ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އަގުހުށަހަޅުއްވާނީ 02 ޖުލައި 2018 ވާ ހޯމަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އަށް އެސްޓީއޯ ސްޓާފްކުއަރޓަރސް އަށެވެ. އަގުހުށަހަޅުއްވާ ސިޓީތައް ކަޑާ އަގުއިޢުލާންކުރާނީ އެދުވަހެއްގައި ސިޓީ ހުށަހަޅުއްވާފަރާތްތަކުގެ ޙާޟިރުގައި ކޮންމެދުވަހެއްގެ 09:35 ގައެވެ. ރަސްމީ ބަންދު ދުވަސްތައްފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގެއް ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

27 ޖޫން 2018
ހޯދާ