މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ފުޅަދޫގައި ބަށިކޯޓެއް އެޅުމާއި ބެހޭ

  ނަންބަރު:IUL)323/2018/10)

   

 

 

އިޢުލާން

ބަށިކޯޓް އަޅާދޭނެ ފަރާތެއް ހޯދުން

                  މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހިންގަވާ ސްޕޯޓްސް އެރީނާ  މަޝްރޫޢުގެ ދަށުން  ފުޅަދޫގައި ޤާއިމްކުރެވޭ ބަށިކޯޓްގެ  މަސައްކަތް،  ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                  ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުކުރި 10:30 ށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 17 ޖުލައި  2018 ވާ އަންގާރަ ދުވަހުގެ މެންދުރުކުރި 10:30 ށް އެސްޓިމޭޓާއެކު ފުޅަދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. އެސްޓިމޭޓްތައް  ހުންނަންވާނީ ސިޓީއުރައަކަށްލާ ބަންދުކުރެވިފައެވެ.  ސިޓީއުރައިގެ ބޭރުގައި "ބ. ފުޅަދޫ ގައި ޤާއިމްކުރެވޭ ބަށިކޯޓްގެ މަސައްކަތާއިބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

                  އެސްޓިމޭޓާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި ފުރިހަމަނުވާ އެސްޓިމޭޓްތައް އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުމަށް  ޙާޟިރުނުވާ ފަރާތްތަކުން  ހުށަހަޅުއްވާ އެސްޓިމޭޓްތައް  ބަލައެއް ނުގަނެވޭނެއެވެ.         

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  13  ޝައްވާލް   1439

                  27  ޖޫން      2018

27 ޖޫން 2018
ހޯދާ