މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަނގޮޅިތީމު ވަލުގައި ހުރި ރުއްގަސްތައް ކުއްޔަށް ދޫކުރުން

އަނގޮޅިތީމު ވަލުގައި ހުރި ރުއްގަސްތައް ކުއްޔަށް ދޫކުރުން

 

މި ރަށު ވަލުގައި ހުރި ރައްޔިތުންގެ "ކަށިކެޔޮފާ"، " ބަނބުކެޔޮފާ" އަދި  ރައްޔިތުންގެ " ބަންޑާރަ ރުއްގަނޑު" ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ. މި ގަސްފާތަކާއި ރުއްގަނޑުތައް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ މި ކަމަށް އެދި އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. މި ރުއްގަސްތަކާއި ބެހޭގޮތުން މަޢްލޫމާތު ސާފު ކުރުމަށް ބޭނުންވާ ބޭފުޅުން މި އިޢްލާންގައިވާ އަގު ހުށަހަޅާ މުއްދަތު ކަމަށް ބަޔާންވެފައިވާ ގަޑީގެ ކުރިން ރަސްމީ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢްލޫމާތު ސާފު ކުރުމަށްފަހު ތިރީގައިވާ ތާރީޚްގައި އެވާ ގަޑިއަށް މި އިދާރާއަށް އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަގު ހުށަހަޅުއްވަން ވަޑައިގަންނަވާ ބޭފުޅުންގެ އައިޑީކާޑު ގެންނަންވާނެއެވެ. މީގެ ތެރެއިން އަގު ހުށަހަޅާނީ ތިރީގައިވާ ތާވަލްގައިވާ ގޮތަށް ކޮންމެ އައިޓަމް ނަންބަރަކަށް ވަކި އަގެއްގެ ގޮތުގައި ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ބޭފުޅާގެ ނަމާއި ހުށަހަޅާ ރުއްގަނޑު ނުވަތަ ގަސްފަލުގެ ނަން އޮންނަން ވާނެއެވެ. އަދި އަގު ހުށަހަޅާ ލިޔުމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ ބަދަލުގައި ފޮނުވާ ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.

ހުށަހަޅަން ޖެހޭ ތާރީޚް / ގަޑި

ނަން

އައިޓަމް#

01 ޖުލައި 2018 / 11:00

ބަނބުކެޔޮފާ އަދި ކަށިކެޔޮފާ

1

01 ޖުލައި 2018 / 11:30

ރައްޔިތުންގެ ބަންޑާރަ ރުއްގަނޑު

2

09 ޝައްވާލު           1439   

24 ޖޫން             2018   

24 ޖޫން 2018
ހޯދާ