އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ގުދަން ކުއްޔަށް ހިފުން

މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް،  މި ސްކޫލަށް ގުދަނެއް ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އަދި މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން، 2018 ޖޫން 26 އިން 2018 ޖުލައި 02 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް އުލިގަމު ސްކޫލަށް ޙާޟިރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ.

މި މަސައްކަތާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2018 ޖުލައި 03 ވާ އަންގާރަ ދުވަހުގެ 11:45 ގައި އުލިގަމު ސްކޫލުގައެވެ.

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2018 ޖުލައި 08 ވާ އާދީއްތަ ދުވަހުގެ 11:45 ގައި އުލިގަމު ސްކޫލުގައެވެ.

މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެޓޭޗުކުރެވިފައި ވާނެއެވެ.

26 ޖޫން 2018
ހޯދާ