މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިވާޒާތުގެ ކުނިއުކާލުމަށް ދޯންޏެއް ކުއްޔަށް ހިފުން

      ކުނިވާޒާތުގެ ކުނިއުކާލުމަށް ދޯންޏެއްކުއްޔަށް ހިފުމަށް މިއިދާރާއިން ކުރެވިފައިވާނަންބަރު: (IUL)335-AS/335/2018/41އިޢުލާން އާއި ގުޅިގެން އެއްވެސްފަރާތަކުން މަޢުލޫމާތު ސާފްކޮށްފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

      ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ރަގަޅު ޙައްލެއް ހޯދުމުގެ މަޤްސަދުގައި ކުނިކޮށްޓަށް އުކާލާ ކުނިވާ ޒާތުގެ ކާބޯތަކެތިކަނޑަށް އުކާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

      ވީމާ، މި މަސައްކަތަށްޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖުލައި 2018 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ޖުލައި 2018 ވާ ބުރާސްފަތިދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

      މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

25 ޖޫން 2018
ހޯދާ