ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް

 

`

ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލް އިދާރާ

   މުރައިދޫ ،ދިވެހިރާއްޖެ

ނަންބަރު:(IUL)256/2018/22


އިޢުލާން

މިއިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

މަޤާމް: ޕްލޭނިންގ އޮފިސަރ

މަޤާމް ނަމްބަރ: J-275390

ބޭނުންވާ ޢަދަދު: 01 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމްގެ ރޭންކް: އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގުރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން: ހއ.މުރައިދޫ ކައުންސިލް އިދާރާ،  ހއ.މުރައިދޫ

މުސާރަ: 5610.00 ރުފިޔާ

ސަރވިސްއެލަވަންސް: 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:  1. ސިވިލްސަރވިސްގެ މުވައްޒަފުނަން ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

                 2. ދިވެހިރާއްޖޭގެ ޕްންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓިރިބިއުޝަން.

                 3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

                 4. ސަޕޯޓިން ކޯ އެލަވަންސް2، މަހަކު 700.00 ރުފިޔާ

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ހިންގުމަށް ނިންމާފައިވާ އެންމެހާ މަޝްރޫތަކަށް ޕްލޭންތައްޔާރު ކުރުމާއި ޕްރޮޕޯސަލްތައް ތައްޔާރު ކުރުން
  1. ކައުންސިލުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާއި މަސައްކަތްތަކާއި، އެހެނިހެންކަންކަމުގައި ޕްލޭން ކުރުމުގައި އިސްކޮށް ހަރަކާތްރެރިވުމާއެކު، ޕްލޭން ކުރުމުގައި ރައްޔިތުންނާއި އިދާރާއަށް އޭގެ ފައިދާ އެންމެ ފުރިހަމައަށް ލިބޭ ގޮތައް ކަންކަން ރޭވުން
  2. ރަށުގެ ތަރަށްޤީ ޕްލޭން ތައްޔާރުކޮށް ބެލެހެއްޓުން
  3. ކައުންސިލްގެ ވޯރކްޕްލޭން ތައްޔާރު ކުރުމާއި، ވޯރކް ޕްލޭންގައި ހިމެނިފައިވާ ކަންތައްތައް  ކުރެވޭ މިންވަރު ބެލުން
  1. ރަށުގެ ލޭންޑްޔޫސް ޕްލޭނާއި، ރަށުގެ ތަރައްޤީ ޕްލޭނާއި އަދި ކައުންސިލް އިދާރާގެ އެހެނިހެން ޕްލޭން ތައްޔާރު ކުރުމާއި، ޕްލޭންތަކަށް އަންނަ ބަދަލުތައް އަޕްޑޭޑްކޮށް ބެލެހެއްޓުން
  2. ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ކުލީ ބިން ދޫކުރުމުގެ ކަންތައްތައް ކުރުން
  3. ބޯހިމެނުމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި އަދި ތަފާސް ހިސާބުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
  4. ކުނި ނައްތާލުމުގެ ޕްލޭން ތައްޔާކުރުން
  5. ރަށުގެ މަގުތަކާއި، ކުޑަކުދިންގެ ޕާކާއި އަދި ބަނދަރު ސަރަޙައްދުގެ ޕްލޭން /ޑިޒައިން ތައްޔާރު ކުރުން
  6. ލޭންޑް ޔޫސް ޕްލޭނާ އެއްގޮތައް ވިޔަފާރިއަށާއި އެހެނިހެން ބޭނުންތަކަށް ކުއްޔަށް ބިން ދޫކުރުމުގައި ހަރަކާތްވެ އުޅުމާއި، އަދި އެބިންތައް އަޕްޑޭޑްކޮށް ބެލެހެއްޓުން
  7. ލިޔެކިޔުންތަށް ފައިލް ކުރުން

މީގެއިތުރުން ދިވެހި ސިވިލްސަރވިސްގެ ޤާނޫނާއި، ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވެރިން އަންގާ އިދާރާގެ މަސައްކަތް ކުރުން.

މަގާމުގެ ޝަރުތުތައް: ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިއިދާރާއިންނާއި ސިވިލްސަރވިސްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނުނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑްގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު /ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ )

ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ކަމުގެ ލިޔުމުގެ ކޮޕީ

(ށ)މަތީތަޢުލީމް ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި،ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކޮށްފައިވާ ކަމުގެ ލިޔުމުގެ ކޮޕީ.

  1.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ
  2. ސިވިލްސަރވިސް ވަނުމަށް އެދޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،         އެ ސެޓްފިކެޓްގެ ކޮޕީ.

3. މަސައްކަތުގެ ތަޖްރިބާގެ ލިޔުމުގެ ކޮޕީ: 

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަޞްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒިފާގެ މަޞްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-  ޙާސިލް ކޮށްފައިވާ ތައުލީމަށް ބަލައިގެން

-   މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން

-   ޤާބިލްކަން ކަށަވަރު ކުރުމަށް ކުރާ އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސް

-  މަސައްކަތުގެ ދާއިރާ ގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: މިމަޤާމަށް އެދި ހުށަހަޅާ ތަކެތި ހުށަހަޅާނީ 04 ޖުލައި 2018 ގެ 14:00 ގެކުރިން ހއ.މުރައިދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ  އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއާއަށް އެދޭފޯމް ބަލައި ގަނެވޭނެއެވެ.

 

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު: މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުގެ އިންޓަރވިއު 08 ޖުލައި 2018 އާއި 11 ޖުލައި 2018 އާ ދެމެދު މުރައިދޫ ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

ޝޯޓް ލިސްޓް ކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500032 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6500032 އެވެ.އީ މެއިލް ކުރައްވާނީ [email protected]  އަށެވެ.

10 ޝައްވާލު      1439

24 ޖޫން         2018

 

 

 

 
   
   
 
   
   
   
   
   
   
   
   
   
   
   
   
   
   
   

 

 

 

24 ޖޫން 2018
ހޯދާ