ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރިސާޗް އެސިސްޓެންޓަކު ހޯދުން

 

ފެކަލްޓީ އޮފް އާޓްސް

ފަޅުމަތީ މަގު، މައްޗަންގޮޅި

މާލެ، ދިވެހިރާއްޖެ     

ފޯން:3345177(960)

ފެކްސް:3306075(960)

mnu.edu.mv. www

ނަންބަރ: 153-FA/2018/02

އިޢުލާން

ރިސާޗް އެސިސްޓެންޓަކު ހޯދުން

ބަސް އުނގެނުމުގެ ދާއިރާއިން، ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރަރުން ހަދަމުން ގެންދާ 2 ރިސާޗެއްގައި، މަސައްކަތް ކުރާނެ ރިސާޗް އެސިސްޓެންޓުން ބޭނުންވެއެވެ.

 

މުސާރަ:

މަހަކު 5000 ރުފިޔާ

ބޭނުންވާ ޢަދަދު:

02

ޝަރުތު:

ކޮމްޕިޔުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް އެކްސެލް އާއި ވާޑް ޕްރޮގްރާމަށް އަހުލުވެރިވުން)

-         އެސް.ޕީ.އެސް.އެސް އަށް އަހުލުވެރިވެފައިވާ އަދި މިފަދަ މަސައްކަތްތަކުގެ ތަޖުރިބާ ހުރުން.

-         މީގެ އިތުރުން އޭ-ލެވެލް ހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރާންޖެހޭ މަސައްކަތް:

ރިސާޗްގެ ޑޭޓާތައް އެންޓަރކުރުން (އިނގިރޭސި ބަހުންނާއި ދިވެހިބަހުން)

ރިސާޗް ޑޭޓާ އެއްކުރުމުގައި އެހީތެރިވުން

ރިސާރޗާ ގުޅޭ އިދާރީ މަސައްކަތް ކުރުން

މަސައްކަތްކުރަންޖެހޭ މުއްދަތު:

ޖުލައި 2018 ން ޖެނުއަރީ 2018 ށް (6 މަސް ދުވަސް، ޑިސެމްބަރ ނުލައި)

މަސައްކަތްކުރާން ޖެހޭ ވަގުތު:

ދުވާލަކު 6 ގަޑިއިރު

ސިޓީއާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް:

 

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

- މަސައްކަތުގެ ދާއިރާގެ ސެޓްފިކެޓްގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދުގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ އަސްލު)

- މަސައްކަތުގެ ތަޖުރިބާގެ ލިޔުން

- ވަނަވަރު (ސީވީ ގުޅޭނެ ފޯނު ނަންބަރާއެކު)

              

                  ވީމާ، މިކަމަށް އެދިވަޑައި ގަންނަވާ ފަރާތްތަކުން 02 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އާޓްސްއަށް ސިޓީ ފޮނުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345177 ނުވަތަ 3345275 ނަންބަރާ ގުޅުއްވުން އެދެމެވެ.

10 ޝައްވާލު 1439

24 ޖޫން 2018

 

                                                                   

                                                               ޚާދިމަތުކުމް

           

 

                                                               ޢަޒީޒާ ޢަފީފު

                                                               އެކްޓިން ޑީން

 

ދިވެހިސަރުކާރުގެ ގެޒެޓް

މާލެ، ދިވެހިރާއްޖެ

 

 

24 ޖޫން 2018
ހޯދާ