މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންސީ ފާމެއް ހޯދުމަށް ބޭނުންވެއްޖެ

ނަންބަރު: 111/IUL)22-G/22/2018)

 

 

 

އިޢުލާން

 

 

ކޮންސަލްޓަންސީ ފާމެއް ހޯދުމަށް ބޭނުންވެއްޖެ

 

މިމިނިސްޓްރީގެފަރާތުން ސްކޫލްތަކުގައި ކުރިއަށްގެންދާ ޢިމާރާތް ކުރުމުގެ މަޝްރޫޢުތަކުގެ މަސައްކަތްތައްކަށް ބޭނުންވާ ކޮންސަލްޓެންސީ ދިނުމާއި، ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ޑިޒައިން ތައްޔާރުކުރުމާއި ކޮންސެލްޓެންސި ދިނުމުގެ މަސައްކަތް ކޮށްދިނުމަށް ކޮންސަލްޓެންސީ ފާރމެއް 18 މަސްދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޢާޒީ ބިލްޑިން ގްރައުންޑް ފްލޯ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2 ޖުލައި 2018 (ހޯމަ) ދުވަހުގެ 11:00 ށް

9 ޖުލައި 2018 (ހޯމަ) ދުވަހުގެ 11:00 ށް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341126, 3341127 ނަމްބަރ ފޯނާއެވެ.

24 ޖޫން 2018
ހޯދާ