މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެންވަރަންމަންޓް އެނަލިސްޓް

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެންވަރަންމަންޓް އެނަލިސްޓް

މަގާމުގެ ނަންބަރު:

J 295228

ބޭނުންވާ އަދަދު:

1

މަގާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / މާލެ / ވޯޓަރ އެންޑް ސެނިޓޭޝަން

މުސާރަ:

-/6,295  ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000  ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

2,203/75 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް:

1,762/60ރުފިޔާ

މަގާމުގެ ޝަރުތު

ސިވިލް އިންޖިނިއަރިންގ/ ސްޓްރަކްޗަރަލް އިންޖިނިއަރިންގ/ ވޯޓަރ ޓެކްނޮލޮޖީ ގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ރަށްރަށުގައި ޤާއިމްކުރެވޭ ފެން ފޯރުކޮށްދޭ ނިޒާމާއި ނަރުދަމާ ނިޒާމް ފަރުމާ ކުރުމަށްޓަކައި ކުރަންޖެހޭ ސަރވޭއާއި ދިރާސާތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުމަށް ޢަމަލީ ގޮތުން އެކަމުގައި ބައިވެރިވުން.
  2. ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ޓެންޑަރިންގ ޕްރޮސެސްގައި އެކިފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި އެއާއި ބެހޭ ލިޔެކިޔުންތައް އަޅާކިޔުމުގައްޔާއި މިއާއި ބެހޭ ގޮތުން ތައްޔާރު ކުރަންޖެހޭ ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުމުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  3. ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ އެގްރީމެންޓް ހިމެނޭ ލިޔެކިޔުންތައް ތައްޔާރުކޮށް، އެ ލިޔުންތައް ބަލާ ޗެކްކުރުމާއި ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް އެ ލިޔެކިޔުންތައް ފޮނުވުން. އަދި ކަނޑައެޅިފައިވާ ގޮތުގެމަތިން އެކަން ކުރިއަށްދާގޮތް ބެލުން.
  4. ރަށްރަށުގައި ޤާއިމްކުރެވޭ ނަރުދަމާ ނިޒާމްގެ ޑިޒައިންތައް ރިވިޔުކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި އެ ޑޮކިއުމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގަނައުމަށް އެހީތެރިވުން. އަދި މަސައްކަތްތައް ކުރިއަށްދާ ގޮތް ޤަވާއިދުން ބަލާ ޗެކްކުރުން.
  5. ކުއާޓަރ ރިވިއުގެ ގޭން ޗާރޓްތަކާއި، ޕްރޮޖެކްޓްތައް ރިވިޔުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް (ކުއަޓަރ އަދި މަންތްލީ) ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން. އަދި އެކަމާއިގުޅޭ ބައްދަލުވުންތަކުގައި ބައިވެރިވުން.
  6. ކަނޑައެޅިފައިވާ ގޮތެއްގެމަތިން ރަށްރަށުގައި ނަރުދަމާ ނިޒާމްތައް ޤާއިމްކޮށް ތަރައްޤީ ކުރުމުގައި ޓެކްނޮލަޖީގެ ގޮތުން ކުރިއެރުވުމުގެ އުސޫލުތަކަށް ތަރުޙީބުދީ މިކަމާއި ގުޅޭގޮތުން އެކި ފަރާތްތަކުން ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުން.
  7. މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި އުޅުއްވާ ކޮންސަލްޓަންޓުންނަށް ބޭނުންވާ މަޢުލޫމާތުތަކާއި އަދި އެފަރާތްތަކަށް ބޭނުންވާ އިދާރީ ކަންތައްތައް ފުރިހަމަ ކޮށްދިނުން.
  8. ސެކްޝަނުން ބާއްވާ މީޓިންގތައް އޯގަނައިޒްކޮށް، އަދި މީޓިންގތަކުގައި ބައިވެރިވެ މީޓިންގ ގެ ޔަޢުމިއްޔާ ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  9. މީގެއިތުރުން ސެކްޝަނުން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  2. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
    (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
    (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
    (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:  

މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2018  ޖުލައި 3 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 04 ޖުލައި 2018 އާއި 31 ޖުލައި 2018 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

                       06  ޝައްވާލު   1439

                       20  ޖޫން       2018    

20 ޖޫން 2018
ހޯދާ