ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"9 ވަނަ އޭޝިއަން އިންޓަނޭޝަނަލް އާޓް އެގްޒިބިޝަން ޖިންޑާއޯ" ގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

 

"9 ވަނަ އޭޝިއަން އިންޓަނޭޝަނަލް އާޓް އެގްޒިބިޝަން ޖިންޑާއޯ" ގައި ބައިވެރިވުމުގެ ފުރުޞަތު

 

އާޓިސްޓް ސޮސައިޓީ އޮފް އޭޝިއާ މެލޭޝިއާއިން އިންތިޒާމް ކުރައްވައިގެން 21 އޮކްޓޫބަރ 2018 އިން 23 އޮކްޓޫބަރ 2018 ގެ ނިޔަލަށް ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ "9 ވަނަ އޭޝިއަން އިންޓަނޭޝަނަލް އާޓް އެގްޒިބިޝަން ޖިންޑާއޯ" ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި އެގްޒިބިޝަންގައި ބައިވެރިވާ ފަރާތްތަކުގެ އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނެކަމަށް އިންތިޒާމް ކުރާ ފަރާތުން ވަނީ އަންގަވާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، ވިސާ އަދި އެހެނިހެން ޙަރަދުތައް ހަމަޖައްސަން ޖެހޭނީ ބައިވެރިވާ ފަރާތްތަކުންނެވެ.

ވީމާ، މިއެގްޒިބިޝަންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 28 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިސެންޓަރަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އެދެމެވެ. މިއެގްޒިބިޝަންގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 3310729 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

20 ޖޫން 2018
ހޯދާ