ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ސަޕޯޓް ސްޓާފް

މިއޮތޯރިޓީއަށް ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

މަޤާމު: ސަޕޯޓް ސްޓާފް / ގްރޭޑް 1

ބޭނުންވާ އަދަދު : 01

އަސާސީ މުސާރަ : -/3,500ރ

ފިކްސްޑް އެލަވަންސް: -/2,500ރ

 

އިނާޔަތް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 

 

ޝަރުތު:

އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން

މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ މީހަކު ކަމުގައިވުން

 

މަޤާމުގެ މަސްއޫލިއްޔަތު:

އޮތޯރިޓީގެ ލިއެކިއުންފަދަ ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި ޗެކަށް ފައިސާ ނެގުމާއި އަދި ފައިސާ ޖަމާކުރުން، 

އަދި އޮފީހުގެ ސްޓޮކަށް ތަކެތި ނެގުމާއި ކޯޓޭޝަންތައް ހޯދުމާއި އަދި މީގެ އިތުރުންވެސް އޮފީހުން ބާއްވާ އެކި އެކި އިވެންޓްތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެހީތެރިވުމާއި އޮފީސް ފޮޅާ ސާފުކޮށް ބެލެހެއްޓުން.

 

ހުށަހަޅަންޖެހޭ ލިއުންތައް:

ވަޒީފާގައި އުޅުއްވާ، ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

 

މުއްދަތު: މިވަޒީފާއަށް ހޮވޭ ފަރާތް ދާއިމީ މުވައްޒަފެއްގެ ގޮތުގައި ހަމަޖެއްސޭނީ 3 މަސްދުވަހުގެ ޕްރޮބޭޝަނަކަަށްފަހު މަސައްކަތަށް ރަގަޅުނަމައެވެ. އަދި  އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މީހަކު ހޮވުމުން ވަޒީފާ ހަމަޖެހުމުގެ ކުރިން މެޑިކަލް ރިޕޯޓް ހުށަހަޅަށް ވާނެއެވެ. އަދި ވަޒީފާއަށް ހޮވާނީ ކުށުގެރެކޯޑް ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ  5  އަހަރުގެ ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން  8 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 11:00 ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދި، ތިރީގައިވާ އެޑްރެހަށް ސިޓީ ނުވަތަ ފޯމް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް އޮތޯރިޓީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

 

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3014100، ފެކްސް:3336624

އީމެއިލް:  [email protected] ވެބްސައިޓް: www.cmda.gov.mv

06 ޝައްވާލް 1439

20 ޖޫން 2018

20 ޖޫން 2018
ހޯދާ