މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެޑްމިިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މި މިނިސްޓްރީއިން 05 އޭޕްރީލް 2018 ގައި ޝާޢިއުކުރި ނަންބަރު:  (IUL)141-HR/141/2018/51(އެޑްމިނިސްޓްރޭޓިވް ޕޮޔޕްޕް//ޕއޮފިސަރ) ގެ އިޢުލާން ބާޠިލްކޮށް، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލީމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-246528

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް، )ޖެނެރަލް އެޑްމިނިސްޓްރޭޝަން(

މުސާރަ:

މަހަކު 4465.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 1500.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2:

މަހަކު 700.00 ރުފިޔާ

 

އެހެނިހެން އެލަވަންސް

       

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދުވަހުން ދުވަހަށް އިންސްޓިޓިއުޓްގެ މެއިންޓެނަންސްގެ މައްސަލަތައް ހުރިތޯ ބަލައި ހައްލު ކުރަންޖެހޭ ކަންތައްތައް ހައްލު ކުރުމަށް މިނިސްޓްރީއަށް ފޮނުވުން.
  2. ކޮންމެ ދުވަހަކު މަރުކަޒުގެ ކްލާސް ރޫމްތަކާއި ފާޚާނާތައް ޗެކްކޮށް މެއިންޓަނަންސް މައްސަލަތައް ހުރިތޯ ބަލައި، މައްސަލަ ހައްލުކުރުން.
  3. ޢިމާރާތުގެ ލައިޓްތައް ދިއްލޭތޯ ބަލައި ނުދިއްލޭ ބޮތްކެއް ހުރިނަމަ މިނިސްޓްރީގެ އިލެކެޓްރިޝަން ގެނެސް ބޮކިތައް ބަދަލުކުރުން.
  4. ޢިމާރާތުގެ މަރާމާތުގެ މަސައްކަތް ކުރުމަށް ބަޔާކާއި ޙަވާލުކުރެއްވި މަސައްކަތް ކުރަމުންދާ ދުވަސްތަކުގައި މަސައްކަތް ދާގޮތް ދުވަހުން ދުވަހަށް ސްޕަވައިޒްކުރުމާއި، މަސައްކަތުގެ އަޕްޑޭޓް ސްޕަވައިޒަރަށް ޙިއްސާ ކުރުން.
  5. އިންސްޓިޓިއުޓްގެ ހުރި ތަކެތި އިންވެންޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. ދުވަހުން ދުވަހަށް އިންސްޓިޓިއުޓްއަށް ލިބޭތަކެއްޗަށް ހަރުމުދަލަށް އިންވެންޓްރީ ނަންބަރު ދިނުމާއި އިންވެންޓްރީ ލިސްޓަށް އެތަކެތި އެރުވުން.
  7. އިންސްޓިޓިއުޓްގައި ހުރި ތަކެތީގެ ތެރެއިން އިންވެންޓްރީ ނަންބަރު ނެތް ނުވަތަ ނަންބަރު ފޮހެވިފައިވާ ތަކެތީގައި ނަންބަރު ޖެހުމުގެ މަސައްކަތް މިނިސްޓްރީގެ ލަފާގެމަތިން ކުރުން.
  8. ކޮންމެ އަހަރެއް ނިމުމުން އިންވެންޓްރީގައި ހުރި ތަކެތި ހަމައަށް ހުރިތޯ ބެލުމަށްފަހު ލިސްޓްގެ ކޮޕީއެއްގައި އިސްވެރިއެއްގެ ސޮއި ކުރުވުން.
  9. އިންސްޓިޓިއުޓްގައި ހުރި ހަރު މުދަލުގެ ތެރެއިން ހަލާކުވެފައިވާ ތަކެތި، އިންވެންޓްރީން އުނިކޮށް ނީލަމަށް ފޮނުވުން.
  10. މީޓިންގ ރޫމާއި ސެމިނަރ ރޫމް، ކްލާސްރޫމާއި ޖިމަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމާއި ފެކްސް މެޝިނާއި ފޮޓޯ ކޮޕީ މެޝިންތަކަށް ދިމާވާ މައްސަލަތަށް ހައްލުކުރުން.
  11. ބިޑު އުސޫލުން މަރުކަޒަށް ތަކެތި ހޯދުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށްޓަކައި ޢިއުލާން ތައްޔާރު ކުރުމާއި، ސްޕަވައިޒަރުގެ އިރުޝާދުގެ މަތިން މަޢުލޫމާތު ޝީޓް ތައްޔާރުކުރުމާއި، ބިޑާއި ގުޅޭ މަޢުލޫމާތުތައް ދިނުމާއި، ބިޑު ބަލައިގަނެ ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
    1. އެސޯސިއޭޝަންތަކާއި ގުޅިގެން ހިންގޭ ޓްރޭނިންގތައް ކޯޑިނޭޓުކޮށް ކުރިއަށް ގެންދިއުން.
  • ސްވިމިންގ އެސޯސިއޭޝަން
  • ބެޑްމިންޓަން އެސޯސިއޭޝަން

 

މަޤާމުގެ ޝަރުޠުތައް:

 

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ (www.youth.gov.mv) ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަވިއު.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ (www.youth.gov.mv) ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޖޫން 2018 ވާ ބުރާސްފަތި ދުވަހު ގެ 13:00ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3327162 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،01 ޖުލައި 2018 އާއި 31 ޖުލައި 2018 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347316އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3327162އެވެ. އީ-މެއިލް ކުރާނީ      [email protected] އަށެވެ.

05 ޝައްވާލް 1439 

19 ޖޫން 2018
ހޯދާ