ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ފިރުދައުސް ގައި ކުލަ ލައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

މަސްޖިދުލް ފިރުދައުސް ގައި ކުލަ ލައިދޭނެ ފަރާތެއް ހޯދުން

                        ހދ.ކުމުންދޫ "މަސްޖިދުލް ފިރުދައުސް" މިސްކިތުގައި އަމިއްލަ ތަކެތީގައި ކުލަ ލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                        ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 ޖޫން 2018 ވާ އާދިއްތަ ދުވަހުގެ 13:00  އަށް ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 01 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ 13:00 އަށް ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.

                        މި ބީލަމުގައި ބައިވެރިވެވޭނީ 2014/18 (ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. އަދި، މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިއުމަކާއެކުގައެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖޫން 2018
ހޯދާ