މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ، އެޑްމިނިސްޓްރޭޝަން އަދި ފައިނޭންސް އޮފިސަރ

އިޢުލާން

 

މި މިނިސްޓްރީން 22 މޭ 2018 ގައި ކޮއްފައިވާ އިއުލާން ނަންބަރު (IUL)101-EP/1/2018/105  އެކަޝީގެންވާ ވަރަށް ޝަރުތުހަމަވާ ފަރާތްތަކުން ކުރިމަތިލައްވާފައިނުވާތީ، މި މަގާމްތަކަށް އަލުން އިޢުލާން ކުރަމެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރު (ބީސީ މާލެ) ގެ ދަށުން ބ.އޭދަފުށީގައި ގާއިމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ބިޒްނަސް އިންކިއުބޭޓަރ ސަރވިސް ސެންޓަރަށް  ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މަގާމާއި ބެހޭ މައުލޫމާތާއި ބީ.ސީ އާއި ގުޅޭ މަޢުލޫމާތު، މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ގައިވާ ޓާރމްސް އޮފް ރިފަރެންސް ގައި ބަޔާން ކުރެވިފައިވާނެއެވެ.

 

ބ. އޭދަފުށި ބިޒްނަސް އިންކިއުބޭޝަން ސަރވިސް ސެންޓަރ

-    01 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

-    01 އެޑްމިނިސްޓްރޭޝަން އަދި ފައިނޭންސް އޮފިސަރ

މި މަޤާމްތަކަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި އެކު އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ ބީ.ސީ ޤާއިމްކުރާ ރަށުގައެވެ. އަދި މާލޭގައި ނަމަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައެވެ. މިނިސްޓްރީއަށް މިވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  •  ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  •  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  •  މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
  •  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  •  ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

މި މަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،01 ޖުލައި 2018 ގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް، މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ.

 ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އަދި ސިޓީ ހުށަޅާނީ:     

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.                              

ފޯނު: 3333143، 3333160 (960)+                                

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

‏6 ޝައްވާލް 1439

19 ޖޫން 2018
ހޯދާ