މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މީޓިންގ ރޫމް ފަރުނީޗަރު ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް (EEDP/G.39).

މިނިސްޓްރީ އޮފް އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

                                                              ނަމްބަރު: IUL)22-E/22/2018/107)    

އިޢުލާން

 މީޓިންގ ރޫމް ފަރުނީޗަރު ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް (EEDP/G.39).

މިނިސްޓްރީއަށް މީޓިންގ ރޫމް ފަރުނީޗަރު (1 ކޮންފަރެންސް މޭޒު އަދި 25 ގޮނޑި) ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު(IUL)22-E/22/2018/97    އިއުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުގެ އަގުތައް މާބޮޑު ކަމަށް ފެންނާތީ އެއިއުލާން ބާތިލުކޮށް އަލުން އިއުލާންކުރަމެވެ.

މިނިސްޓްރީއަށް މީޓިންގ ރޫމް ފަރުނީޗަރު (1 ކޮންފަރެންސް މޭޒު އަދި 25 ގޮނޑި) ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

މަޢުލޫމާތު ސާފުކުރުން:

މި މަސައްކަތަށް މައުލޫމާތު ސެޝަންއެއް ނޯންނާނެއެވެ. މި ފަރުނީޗަރު ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން ނުވަތަ 3341318 ނަންބަރު ފޯނާއި ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.                                                                                                                 

 

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:

މި ފަރުނީޗަރު ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާ ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ((RFQ Document ފުރިހަމަކޮށް ހުށައަޅަންޖެހޭނެއެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް، މައުލޫމާތު ކަރުދާސް އަދި ފަރުނީޗަރު ސްޕެކްސް އިއުލާނުގައި އެޓޭޗްކުރެވިފައިއެވަނީއެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބާތިލްވާނެއެވެ.

 

އަންދާސީ ހިސާބު ހުށައެޅުން:

މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް 21 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) އަށް ވަޑައިގެންދެއްވުން އެދެމެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް އަދި ސުންގަޑީގެ ފަހުން ހުށައާޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

 

މަސައްކަތަށް ހޮވުން:

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވެނީ ވަރލްޑް ބޭންކުގެ " ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ގުޑްސް، ވޯކްސް އަދި ނަން-ކޮންސަލްޓަންޓް ސާވިސަސް ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.

 

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341318، 3341317.

– އީމެއިލް:[email protected]       

18 ޖޫން 2018
ހޯދާ