މަޤާމް :
|
މާރކެޓިންގ އޮފިސަރ
|
ބޭނުންވާ އަދަދު:
|
1 ( އެކެއް )
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/5279 ރުފިޔާ ( ފަސްހާސް ދުއިސައްތަ ހަތްދިހަ ނުވަ ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/2730 ރުފިޔާ ( ދެހާސް ހަތްސަތޭކަ ތިރީސް ރުފިޔާ)
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- މާރކެޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާއެއް ހާޞިލްކޮށްފައިވުމާއިއެކު މާރކެޓިންގ ނުވަތަ ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން
- ޚިދުމަތްތަކާ އުފެއްދުންތައް މާރކެޓްކޮށް ޕްރޮމޯޓް ކުރުމުގެ ހުނަރު ލިބިފައިވުން
- މުޢާމަލާތް ކުރުމުގެ ހުނަރު ހުރުން
- އޮންލައިން ވިޔަފާރިއަށް އަހުލުވެރި ފަރާތަކަށްވުން
- ޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުން
- ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން
|
މަޤާމްގެ މަސްޢޫލިއްޔަތު
|
- ކުންފުނީގެ އުފެއްދުންތަކާއި ޚިދުމަތްތައް މާރކެޓްކޮށް ޕްރޮމޯޓްކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
|
ރަސްމީ މަސައްކަތު ގަޑި
|
- ހެނދުނު 8:00 އިން 15:00 އަށް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
- ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
- ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ.)
- ގުޅޭނެ ފޯން ނަންބަރު
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2018 ޖޫން 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.
|
އިންޓަވިއު:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ސިޓީ އެޑްރެސްކުރާނެ ގޮތް:
|
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ،
3321559 އެވެ.
|