ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ގެ ނުވަތަ އެޕާޓްމަންޓު ކުއްޔަށް ހިފުމަށް

 

h

 

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ކުޅުދުއްފުށީ ކެމްޕަސް

މާލިމީހިނގުން، ހދ.ކުޅުދުއްފުށި

 6527761:ފޯން

    6528007:ފެކްސް

www:mnu.edu.mv

 

 

                                  ނަންބަރު: MNU-KC/2018/09        

                                                                          

ޢިއުލާން

                    

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ހދ.ކުޅުދުއްފުށި ކެމްޕަހުގެ ބޭނުމަށް 01 ކޮޓަރީގެ އެޕާރޓްމެންޓެއް  01 އަހަރު ދުވަހަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް އެދި ޢިއުލާން ކުރީމެވެ.

ކުއްޔަށް ހިފުމަން ބޭނުންވާ އެޕާޓްމަންޓްގައި ހުންނަންޖެހޭ ޝަރުތުތައް ތިރީގައި މި ހިމަނާލަނީއެވެ.

  1. މިއީ މިކެމްޕަހުގައި މަސައްކަތްކުރައްވާ ޓީޗަރުން ތިއްބެވުމަށް 12 މަސް ދުވަަހުގެ މުއްދަތަށް ކުއްޔަށްހިފާ ތަނެކެވެ.
  2. މި އެޕާޓްމަންޓްގައި މަދުވެގެން 1 ކޮޓަރީގެ އިތުރުން ސިޓިންގ ރޫމާއި ބަދިގެ ހުންނަންޖެހޭނެއެވެ.
  3. މި އެޕާޓްމަންޓް ކުއްޔަށް ދޫކުރަންވާނީ މައިގަނޑު ފަރުނީޗަރާއި އެހެންނިހެން ސާމާނާއެކުގައެވެ. އޭގެތެރޭގައި ހިމެނެނީ އެނދާއި، އަލަމާރި، މޭޒު، ގޮނޑި، ގޮދަނޑި، ސިޓިން ރޫމް ގޮނޑި ސެޓް، ޓީވީ ރެކާއެކު، ދޮންނަމެޝިން، ކައްކާ ގޭސް، އުނދުން، ކާމޭޒު ގޮނޑިއާއެކު އެވެ. މީގެ އިތުރުންވެސް ސާމާނުހުރުމަކީ ޕޮއިންޓް ދިނުމުގައި ބެލޭނެ ކަމެކެވެ. އެޕާޓްމަންޓްގެ ބޭރަށް ހުންނަ ދޮރުތަކުގައި ޖާލީ ނުވަތަ ތޭރިހުންނަންވާނެއެވެ.
  4. މި އެޕާޓްމަންޓުން ބޯފެން ނެގޭނެ އިންތިޒާމް ނުވަތަ ސަޕްލައިފެން ލިބެން ހުންނަންވާނެއެވެ. އަދި ފާޚާނާ ހުންނަންވާނީ އެމް.ޑަބްލިޔު.އެސް.ސީގެ ފާޚާނާ ނިޒާމާ ގުޅިފައެވެ.
  5. އެޕާޓްމަންޓް ކުއްޔަށް ދޫކުރަންވާނީ މަރާމާތެއް ކުރަން ހުރިނަމަ އެކަން ފުރިހަމަކުރުމަށްފަހުގައެވެ.
  6. އަގުހުށަހަޅާއިރު، އެޕާޓްމަންޓްގައި ހުރި މައިގަނޑުތަކެތީގެ ލިސްޓަކާއި، ފްލޯޕްލޭން ހުށަހަޅަންވާނެއެވެ.
  7. މި އެޕާޓްމަންޓް ކެމްޕަހާ ކައިރިވުމަކީ ޕޮއިންޓް ދިނުމުގައި ބެލޭނެކަމެކެވެ.

 

މަސައްކަތާއި ގުޅިގެން ޕޮއިންޓްދެވޭނޭ އުސޫލުތައް:

 

ކުލި

%90

ތަނަވަސްކަމާއި ތަކެތިހުރި މިންވަރު

%5

ކެމްޕަހާ ހުރި ކައިރިމިން

%5

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ހދ.ކުޅުދުއްފުށީ ކެމްޕަހަށް އެސްޓިމޭޓް ހުށައެޅުން އެދެމެވެ.

30 ރަމަޟާން 1439

14 ޖޫން 2018

14 ޖޫން 2018
ހޯދާ