އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2014

2014 ޖަނަވަރީ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، މާލޭ ސިޓީ ކައުންސިލް (މާފަންނު އުތުރު ދާއިރާ)ގެ ގޮނޑިއަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ. އެއީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލެއްވި، މ. ބަގީޗާ، މުޙައްމަދު ޝިހާބެވެ.

ވީމާ، ޤާނޫނު ނަންބަރު 2010 /10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 2014 ފެބްރުވަރީ 25 ވާ އަންގާރަ ދުވަހު ފެށޭ ލޯކަލް ކައުންސިލްތަކުގެ އާ ދައުރަށް، މާފަންނު އުތުރު ދާއިރާއިން މާލެ ސިޓީ ކައުންސިލަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލި، މ. ބަގީޗާ، މުޙައްމަދު ޝިހާބު އިންތިޚާބު ވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމަވެ.

9   ޞަފަރު   1435

12 ޑިސެންބަރު 2013
ހޯދާ