މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު ވޭވަށުން ގެޔެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

ގެޔެއް ކުއްޔަށް ހިފުމާއިބެހޭ

 

މ. ވޭވަށު ހާބަރ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ވޭވަށުގައިތިބޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓަރެކްޓޮންގ ކޮމްޕެނީ ޕލކ (އެމް. ޓީ. ސީ. ސީ) ގެ މުވައްޒަފުން ތިބުމަށް ގެޔެއް ކުއްޔަށް ހިފުމަށް ބޭނުން ވެއެވެ.

ވުމާއިއެކު ދެންނެވި ބޭނުމަށް 03 ކޮޓަރި، 03 ފާޚާނާ، ބަދިގެއާއި ކާތަން ހިމެނޭގޮތަށް ދެންނެވިދިޔަ ޕްރޮޖެކްޓްގެ މަސައްކަތް ނިމެންދެން ގެޔެއް ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާގޮތުގެމަތީން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީހިސާބު ވޭވަށު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކްރުމާއި ލިޔެކިޔުން ހަވާލުކުރުން

18 ޖޫން 2018

ހޯމަ

13:00

އަންދާސީ ހިސާބު ބަލައިގަތުން

25 ޖޫން 2018

ހޯމަ

13:00

 

އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި ހަވާލުވެލެއްވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ ވެރިފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއްގެވެސް އައިޑީކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގަތުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައި މަޢުލޫމާތަށްޓަކާ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ވޭވަށުން ގެޔެއް ކުއްޔަށް ދިނުމާއިބެހޭ" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

13 ޖޫން 2018
ހޯދާ