މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ރިފަރެންސް ފޮތް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް(EEDP/G.49) - ފޮތްލިސްޓަށް ބަދަލުގެނައުން.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

                                                              ނަމްބަރު: IUL)22-E/22/2018/101)    

އިޢުލާން

 ރިފަރެންސް ފޮތް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް(EEDP/G.49)  - ފޮތްލިސްޓަށް ބަދަލުގެނައުން.

 

މިނިސްޓްރީއަށް ރިފަރެންސް ފޮތް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް 10 ޖޫން 2018 ކުރި ނަންބަރު (IUL)22-E/22/2018/98 އިއުލާނުގައިވާ ފޮތް ލިސްޓަށް ތިރީގައިވާ ގޮތުގެމަތިން ބަދަލު ގެނެސްފީމެވެ.

 

ރިފަރެންސް ފޮތް ލިސްޓު:

ބަދަލުގެނެވިފައިވާ ފޮތްލިސްޓް މި އއުލާނާއެކު އެޓޭޗްކުރެވިފައި އެވަނީއެވެ.

 

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:

މި ފޮތްތައް ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާ ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ((RFQ Document ފުރިހަމަކޮށް ހުށައަޅަންޖެހޭނެއެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް، އަދި މައުލޫމާތު ކަރުދާސް އިއުލާނުގައި އެޓޭޗްކުރެވިފައިއެވަނީއެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބާތިލްވާނެއެވެ.

 

ނޯޓް: މި ޕްރޮކިއުމަންޓަށް ހޮވުމުގައި އިސްކަން ދޭނީ ހުރިހާ ފޮތެއް ސަޕްލައިކޮށްދޭނެ ފަރާތާކަށެވެ. އެ ފަދަ ފަރާތެއް ނެތްނަމަ ދެން އެންމެ އިސްކަންދޭނީއެންމެ ގިނަ ފޮތް ސަޕްލައިކޮށްދޭން ހުށަހަޅާ ފަރާތަކަށެވެ.

 

އަންދާސީ ހިސާބު ހުށައެޅުން:

މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް 31 ޖޫން 2018 ވާ ބުދަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) އަށް ވަޑައިގެންދެއްވުން އެދެމެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް އަދި ސުންގަޑީގެ ފަހުން ހުށައާޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

 

މަސައްކަތަށް ހޮވުން:

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވެނީ ވަރލްޑް ބޭންކުގެ " ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ގުޑްސް، ވޯކްސް އަދި ނަން-ކޮންސަލްޓަންޓް ސާވިސަސް ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341318، 3341317.

– އީމެއިލް:[email protected]     

 

12 ޖޫން 2018

12 ޖޫން 2018
ހޯދާ