މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި ސަރވިސަސްއަށް 02 މަސް ދުވަހަށް 01 ލޭންޑިންގ ކްރާފްޓް ކުއްޔަށް ހިފުމާއި ގުޅޭ

އިޢުލާން

މި ސަރވިސަސްއަށް 02 މަސް ދުވަހަށް 01 ލޭންޑިންގ ކްރާފްޓް ކުއްޔަށް ހިފުމާއި ގުޅޭ

މި ސަރވިސަސްއަށް 02 މަސް ދުވަހަށް 01 ލޭންޑިންގ ކްރާފްޓް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށްކުރެވުނު ފުރަތަމަ ނަންބަރު IUL)447-PR/1/2018/63) އިޢުލާންއާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.  

މި ސަރވިސަސްއަށް 02 މަސް ދުވަހަށް 01 ލޭންޑިންގ ކްރާފްޓް ކުއްޔަށް ދޫކުރާނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވޑައިގަންނަވާ ފަރާތްތަކުން 2018 ޖޫން 14 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ޕަބްލިކް ވަރކްސް ސަރވިސަސް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.     

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ޖޫން 13 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އިން  14:00 ގެ ނިޔަލަށް މިސަރވިސަސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020852 އާއި 3020853 އަށް ގުޅުއްވުން އެދެމެވެ.

 

28 ރަމަޟާން 1439ހ.

 

12 ޖޫން 2018
ހޯދާ