މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ފޮޓޯގްރަފީ އެމްބެސެޑަރ

                                                   ނަންބަރު:IUL)MMPRC/1/2018/31) 

 

އިޢުލާން

 

"ވިސިޓް މޯލްޑިވްސް ފޮޓޯގްރަފީ އެމްބެސެޑަރސް" ޕްރޮގްރާމްގެ ދެވަނަ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާތީ، ވިސިޓް މޯލްޑިވްސް ފޮޓޯގްރަފީ

އެމްބެސެޑަރަކަށްވުމުގެ ފުރުޞަތު ހުޅުވާލައި ކުރެވުނު ނަންބަރު:IUL)MMPRC/1/2018/27) ގުޅިގެން އެކަށީގެންވާ އަދަދަށް ޕްރޮޕޯސަލް

ހުށައަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2018 ޖޫން 18ވާ ހޯމަ ދުވަހުގެ 13:00ށް ވެލާނާގެ 4 ވަނަ ފަންގިފިލާގައި ހުންނަ މި

ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޖޫން 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި ކޯޕަރޭޝަނަށް

ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަނެވޭ ފަރާތްތަކަށްވެސް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު

ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ޝީޓް ތިރީގައިމިވާ ލިންކުން ލިބިވަޑައިގަންނަވާނެވެ.

https://visitmaldives.com/mmprc-photography-ambassador-application-submission-selection-criteria/

 

27 ރަމަޟާން 1439

11 ޖޫން 2018

 

 

11 ޖޫން 2018
ހޯދާ