އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެކުނުފަރާތު ބަދަރުގެ ހުޅަނގުބެޑު މަރާމާތުކުރުން

އިޢުލާން

ދެކުނުފަރާތު ބަދަރުގެ ހުޅަނގުބެޑު މަރާމާތުކުރުމާ ގުޅޭ

އދ. ހަންޏާމީދޫގެ ދެކުނުފަރާތު ބަދަރުގެ ހުޅަނގު ބެޑުގެ ދެކުނުފަރާތު ކަންމަތިން އެއްގަމު ތޮށިގަނޑު ވެއްޓިފައިވާތީއާއި، ހަމަ އެބެޑުގެ ހުޅަނގުކޮޅު ގިރަމުންދާތީ އެސަރަޙައްދުގައި ސިމެންތި ބަސްތާޖަހައި މަރާމާތުކުރުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީ ހިސާބު ހުށައެޅުއްވުމަށް

2018 ޖޫން 18 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00

2018 ޖޫން 20 ވާ އާދިއްތަ ދުވަހު މެންދުރުފަހު 13:00

މި މަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށައަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް އަންނަ މީހާގެ ޙަވާލުގައި ފޮނުއްވުން އެދެމެވެ. 

11 ޖޫން 2018
ހޯދާ