މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

އިޢުލާން

މި މިނިސްޓްރީއިން 18 މާރިޗް 2018 ގައި ޝާޢިއުކުރި ނަންބަރު: IUL)141-HR/141/2018/3) (އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ) ގެ އިޢުލާން ބާޠިލްކޮށް، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލީމެވެ.

މަޤާމް:

އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-246668

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މާލެ. (ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަން، ހިއުމަން ރިސޯސް މެނޭޖްމެންޓް އެންޑް ޑިވެލޮޕްމެންޓް)

މުސާރަ:

މަހަކު 5020.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 1500.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަސްން 1:

މަހަކު 700.00 ރުފިޔާ

 

އެހެނިހެން އެލަވަންސް:

       

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

  1. ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ޓްރޭނިންގ ޕްރޮގްރާމްތަކާއި ރާއްޖެއިން ބޭރުން ލިބޭ ސެމިނަރ ވޯރކްޝޮޕް ފަދަ ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރިވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން. އެގޮތުން ވިސާ ނަގަންޖެހޭ ޕްރޮގްރާމްތަކުގައި ވިސާގެ ކަންތައްތައް ހަމަޖެއްސުމާއި ދަތުރުގެ ބައިވެރިންނަށް ހަމަޖައްސަންޖެހޭ ޓިކެޓް، އެލަވަންސް ފަދަ ތަކެތި ހަމަޖައްސައިދިނުން.
  2. ޕާރފޯމަންސް އެޕްރައިޒަލްގައި މުވައްޒަފުންނާއި ސުޕަވައިޒަރުން ފަހާގަކޮށްފައި ހުންނަ ތަމްރީން ޕްރޮގްރާމްތައް ފާހަގަކޮށް އޮފީހުގައި ހިންގިދާނެ އިންހައުސް ޓްރޭނިންގތައް ރާވައި ހިންގުން.
  3. މިނިސްޓްރީގެ ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓަށް ފޮނުވާ މުވައްޒަފުންގެ ތަފާސް ހިސާބު ބެލެހެއްޓުމާއި މުވައްޒަފުންގެ މަތީތައުލީމީ ފެންވަރުގެ ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. ކޮންމެ އަހަރެއްގެ ފެބުރުވަރީމަސް ފެށުމުން ސެކްޝަންގެ ވެރިޔާގެ ލަފާގެމަތިން ޓްރޭނިންގ ރިކުއަރމެންޓް ތައްޔާރުކުރުން.
  5. ސިވިލް ސާރވިސް ކޮމިޝަނުން ނެރެފައިވާ އިންޑަކްޝަން ޕްރޮގްރާމާއެއްގޮތައް، އިންޑަކްޝަން ޕްރޮގްރާމް ހިންގުން.
  6. އޮފީހުން ހިންގާ އިންހައުސް ތަމްރީނުތައް ފުރިހަމަކުރާ ފަރާތްތަކަށް ލިޔުމެއް ތައްޔާރުކޮށް އެމުވައްޒަފުންގެ ފައިލްގައި ގަވާޢިދުން ފައިލްކުރަމުން ގެންދިއުން.
  7. ކޮންމެ މަހެއްގެ 20 ގެ ކުރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ބޭނުންވާ ގަޑީލާރިއާއި ފެރީ އެލަވަންސް ކުރެޑިޓް ސްކީމްތައް އަޕްޑޭޓްކޮށް ހެދުން.
  8. މުސާރަ ހެދުމަށްޓަކައި މުސާރަ ޝީޓް ތައްޔާރުކޮށް އެ މަހެއްގެ މުސާރަ ހަދަންޖެހޭ ދުވަހުގެ ކުރިން SAP އަށް އެންޓަރކުރުން.
  9. ކޮންމެ މަހެއްގެ 20 ގެ ކުރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ބޭނުންވާ ޕެންޝަން ޝީޓް ތައްޔާރުކޮށް ޕެންޝަން ޝީޓް ކޮށާރު ސައިޓަށް އަޕްލޯޑްކުރުމުގެ އެންމެހާ މަސައްކަތް ކުރުން.
  10. ކޮންމެ މަހެއްގެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނިމުމުން ކުރެޑިޓް ސްކީމްގެ ތަފްސީލް ޝީޓް ތައްޔާރުކޮށް އެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  11. މުވައްޒަފުންގެ ސަލާމާއި އާއިލީ ޒިންމާ ކޮންމެ ދުވަހަކު ބަލައިގަނެ ފޮތުގަ ނޯޓްކުރުމަށްފަހު އެޗް.އާރު ސެކްޝަންގެ ހެޑް ލައްވާ ސޮއިކުރުވުން. ސަލާމާއި އާއިލީޒިންމާގެ ފޯރމް ހުށާހަޅާތޯ ޗެކްކުރުމާއި ސަލާމް އެޗް.އާރް ސިސްޓަމަށް އަޕްޓޭޓް ކުރުމާއި ފޯރމްތައް ޕާރސަނަލްފައިލްގައި ފައިލްކުރުން.
  12. މިނިސްޓްރީގެ މުވައްޒަފުންގެ ހާޒިރީ އަޕްޓޭޑްކޮށް އެޗް.އާރް ސިސްޓަމަށް އަޕްޓޭޓް ކުރުން.
  13. މުވައްޒަފުންގެ ތަރައްޤީއަށާއި ގުޅުން ބަދަހި ކުރުންމަށްޓަކައި އެކުވެރިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

 

 

މަޤާމުގެ ޝަރުޠުތައް:

 

  1. 'ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި ހިއުމަން ރިސޯސްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ،

 

  1. 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ،

 

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމެންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ www.youth.gov.mv)) ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަވިއު.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ(www.youth.gov.mv)  ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖޫން 21 ވާ ބުރާސްފަތި ދުވަހު ގެ 13:00ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3327162 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،24 ޖޫން 2018 އާއި 24 ޖުލައި 2018 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347316އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3327162އެވެ. އީ-މެއިލް ކުރާނީ      [email protected] އަށެވެ.

 

23 ރަމަޟާން 1439

10 ޖޫން 2018
ހޯދާ