މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ވާދޫ ސްޕޯޓްސް އެރީނާގެ ވޮލީކޯޓް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

 

ރ.ވާދޫސްޕޯޓްސް އެރީނާގެ ވޮލީކޯޓް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

          ރ. ވާދޫގައި ވޮލީކޯޓް އެޅުމަށް މީގެ ކުރިން ކޮށްފައިވާ ނަންބަރު: (IUL)299/299/2018/07 (21 މާރިޗު 2018) އިޢުލާނާ ގުޅިގެން ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

         ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ރ.ވާދޫގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ވޮލީކޯޓުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

         ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޖޫން25 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018ޖުލައި05 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

          މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ.

 ‏27‏ ރަމަޟާން‏ 1439

‏10‏ ޖޫން‏ 2018

10 ޖޫން 2018
ހޯދާ