މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި ލައިސަންސް ހަޕްތާ އައި ބެހޭ

                  ނަންބަރު:  (IUL) 202-L/1/2018/533

 

އިޢުލާން

 

ޒުވާނުންނަށް ޚާއްޞަކޮށްގެން ބޭއްވުނު ލައިސަންސް ހަފްތާ

މިއޮތޯރިޓީން އިންތިޒާމްކޮށްގެން 25 މެއި 2018 އިން 31 މެއި 2018 ގެ ނިޔަލަށް ބޭއްވުނު ޒުވާނުންނަށް ޚާއްޞަ ލައިސަންސް ހަފްތާގެ ތެރެއިން 31 މެއި 2018 ވީ ބުރާސްފަތި ދުވަހުގެ އަމަލީ އިމްތިޙާނުގެ ބައި، މޫސުމް ގޯސްވުމާއި ގުޅިގެންވާނީ ކެންސަލްކުރެވިފައެވެ. އަދި މިދުވަހު އަމަލީ އިމްތިޙާނު ހެދުމަށް މި ޕްރޮގްރާމްގެ ތެރެއިން ފައިސާ ދައްކާފައިވާ އެންމެހާ ފަރާތްތަކަށް 12،13 ޖޫން 2018 މިދެދުވަހު އަމަލީ އިމްތިޙާނު ހެދުމުގެ ފުރުޞަތު ދިނުމަށް މިއޮތޯރިޓީންވަނީ ނިންމާފައެވެ.

ވީމާ، މި ޕްރޮގްރާމްގެ ތެރެއިން އަމަލީ އިމްތިޙާނަށް ފައިސާ ދައްކަވައި، އިމްތިޚާނު ހަދާފައިނުވާ ފަރާތްތަކުން ދެންނެވުނު ތާރީޚުގައި ރޭގަނޑު 9:00 އަށް ޑްރައިވިންގ ސައިޓަށް (ކާނިވާ ސަރަޙައްދު) ވަޑައިގެން އަމަލީ އިމްތިޙާނު ހެދުމަށް ދަންނަވަމަވެ. އަދި މި މުއްދަތުގައި އަމަލީ އިމްތިޙާނުގައި ބައިވެރިނުވާ ފަރާތްތަކަށް އިތުރު ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

23 ރަމަޟާން  1439

07 ޖޫން     2018

 

 

 ދިވެހިސަރުކާރުގެ ގެޒެޓް

  މާލެ، ދިވެހިރާއްޖެ

07 ޖޫން 2018
ހޯދާ