ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވިލިމާލެ އަދި ހުޅުމާލެ ކުނިކޮށްޓަށް އަތްގާޑިޔާ އަދި ޓްރޮލީގައި ކުނި އުކުން މަނާކުރުމާ ބެހޭ

އިޢުލާން

 

ނަންބަރ: WAMCO-OPS/IUL/2018/017

ވިލިމާލެ އަދި ހުޅުމާލެ ކުނިކޮށްޓަށް އަތްގާޑިޔާ އަދި ޓްރޮލީގައި ކުނި އުކުން މަނާކުރުމާ ބެހޭ

 2018 ޖުލައި 05 ވަނަ ދުވަހުން ފެށިގެން ވިލިމާލެ އަދި ހުޅުމާލެ ކުނިކޮށްޓަށް އަތްގާޑިޔާ އަދި ޓްރޮލީގައި ކުނި އުކުމަކީ މަނާކަމެއްކަން ޚިދުމަތް ހޯއްދަވާ އެންމެހާފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިގޮތުން އަމިއްލަފުޅަށް ކުނިއުކާލުމަށް ބެނުންފުޅުވެލައްވާ ފަރާތްތަކުން އެކަމަށް ޙާއްސަ ކުރެވިފައިވާ ކެޓަގަރީ ކަމުގައިވާ “D” ކެޓަގަރީގައި ރަޖިސްޓަރ ކުރެއްވުމުން، އެއްވެސް އަގެއް ނެގުމެއްނެތި އެޚިދުމަތް ފޯރުކޮށްދެވޭނެއެވެ. އަދި ރަޖިސްޓަރީ ނުކޮށް ކުނިއުކާލުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ކުނިއުކާލެވޭނީ ޓްރާސްފަރފީއެއްގެ ގޮތުގައި 30 ރުފިޔާ ދެއްކުމަށް ފަހުގައެވެ. ވިޔަފާރީގެ ގޮތުގައި ހިންގާ ކުންފުނިތަކާއި އެކިއެކި މުއައްސަސާތައް “D” ކެޓަގަރީގައި ނުހިމެނޭ ވާހަކަވެސް އެންމެހާފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މިކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅުއްވުން އެދެމެވެ.

21 ރަމަޟާން 1439

06 ޖޫން 2018

06 ޖޫން 2018
ހޯދާ