ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އިޢުލާން

 

މަޤާމް:

އެސިސްޓެންޓް ލައިބްރޭރިއަން

 

މަޤާމުގެ ނަންބަރު:

J-217845

 

ބޭނުންވާ އަދަދު:

01

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

ޖީ.އެސް.3 

 

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

ސެކްޝަން:

ޑިޖިޓައިޒޭޝަން އެންޑް ޓްރޭނިން ޑިވިޛަން ޑިވިޜަން،

ޕަބްލިކް ޕްރޮގްރާމްސް އެންޑް އައުޓްރީޗް ސަރވިސަސް ޔުނިޓް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޤައުމީ ކުތުބުޚާނާ

 

މަސައްކަތު ގަޑި

ހެނދުނު 08:00 ން މެންދުރު 14:00 ށް ދުވާލަކު 6 ގަޑިއިރުއެވެ. 30 މިނިޓް ބްރޭކް ލިބޭނެ.

 

މުސާރަ:

-/4465 ރުފިޔާ

 

ސަރވިސް އެލެވަންސް:

-/1500 ރުފިޔާ

 

ސަޕޯޓިންގ ކޯ އެލެވަންސް:

-/700 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

 

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ލައިބްރަރީ އިޝްތިހާރުކޮށް ލައިބްރަރީގައި ހިންގާ ޙަރަކާތްތަކަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ޝާއިޢުކުރާ، ޤައުމީކުތުބުޚާނާގެ ނިއުސްލެޓަރ ތައްޔާރުކުރުން.    

- ލައިބްރަރީ އިޝްތިހާރުކޮށް ލައިބްރަރީގެ ކަލެކްޝަން މީހުންނަށް ދައްކާލުމުގެ ގޮތުން ތަފާތު ބުކް/އިންފޮމޭޝަން ޑިސްޕްލޭ ތައްޔާރުކުރުން. 

- ލައިބްރަރީ ކަލެކްޝަން އަދި ސާވިސްތައް ޕްރޮމޯޓް ކުރުމަށް ލީފްލަޓްސް ފަދަ ތަކެތި ޑިޒައިންކޮށް ތައްޔާރުކުރުން.       

- ޤައުމީ، އިޖްތިމާއީ އަދި ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ޙާއްސަ ދުވަސްތަކުގެ ތެރެއިން ކުތުބުޚާނާގައި ފާހަގަ ކުރަން ކަނޑައަޅާފައިވާ ދުވަސްތައް ފާހަގަކުރުމުގައި އާންމުންނަށް ބައިވެރިވެވި އެކަމުން މަންފާ ލިބިދޭނެފަދަ އުސޫލެއްގެ މަތިން މިދުވަސްތަކަށް އަމާޒުކޮށް ޚާއްސަ ކުރެވިގެން ހިންގާ ހަރަކާތްތައް ހިންގުމުގައި އަމަލީގޮތުން މަސައްކަތް ކުރުން.

- ލައިބްރަރީ އިޝްތިހާރުކޮށް ލައިބްރަރީގައި ހިންގާ ޙަރަކާތްތަކަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމުގައި ބައިވެރިވުން.   

- ކަސްޓަމަރުންނަށް ޑިސްޓްރިބިއުޓް ކުރުމަށް ޔުނިޓުން ތައްޔާރު ކުރަންޖެހޭ ލީފްލެޓް، ފްލަޔަރފަދަ ތަކެތި ތައްޔާރުކޮށް، އެތަކެތި ހަރުކޮށް ނުވަތަ ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން     

- ލައިބްރަރީ އިޝްތިހާރުކޮށް ލައިބްރަރީގެ ކަލެކްޝަން މީހުންނަށް ދައްކާލުމުގެ ގޮތުން ތަފާތު އެގްޒިބިޝަންތައް ތަފާތު ހިސާބުތަކުގައި ބޭއްވުމުގެ މަސައްކަތް އަމަލީ ގޮތުން ކުރުމުގައި ބައިވެރިވުން.

- ޤައުމީކުތުބުޚާނާގެ މަޤްސަދުތައް ހާސިލް ކުރުމުގައި އާންމުންދެކޭ ގޮތް ދަނެގަތުމަށާއި ކުރިމަގުގައި ކުތުބުޚާނާގެ ޚިދުމަތްތައް ފުޅާކޮށް އާންމުންގެ  ބޭނުންތަކަށް ރިޢާޔަތްކޮށް އިސްލާޙުކުރުމުގެ ގޮތުން ރީޑަރސާރވޭތައް ތައްޔާރުކޮށް ކަސްޓަމަރުންނާއި އާންމުންގެ މެދުގައި ހިންގުމަށް އަމަލީގޮތުން ބައިވެރިވުން. 

- ކުރާ މަސައްކަތްތަކުގެ ޔައުމިއްޔާ ލިޔުން.

- ކުރާ މަސައްކަތާ ގުޅޭ ޑޮކިއުމަންޓްތައް ފައިލްކޮށް ބެލެހެއްޓުން.    

- އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ބާއްވާ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ބައިވެރިވެ އެއްބާރުލުން ދިނުން.     

- އެނުއަލް ރިޕޯޓްއަށް ބޭނުންވާ ޑޭޓާ ކޮމްޕައިލްކުރުމުގައި އެހީތެރިވުން.

- މަސައްކަތާއިގުޅޭ ހުރިހާ މުއާމަލާތްތައް ލިޔުމުން މުވާޞަލާތު ކުރުން، މިގޮތުން އީމެއިލުން މުޢާމަލާތުކުރުމަށް ސަމާލުކަން ދިނުން، ޤަވާއިދުން އީމެއިލް ޗެކްކޮށް އީމެއިލް ތަކަށް ރިޕްލައި ކުރުން.

- މަސައްކަތާއި ގުޅުންހުރި ކަންކަމުގައި ސޯޝަލް މީޑިއާ ބޭނުންކުރުން.

- ހަވާލުކުރެވިފައިވާ މަސައްކަތާއި ގުޅިގެން އޮފީސް ތަމްސީލްކުރުން.  

- އޮފީހުގެ މަސައްކަތް އިތުރަށް ރަގަޅުކުރެވޭނެ ގޮތާއި މެދު ބިނާކުރަނިވި ހިޔާލު ފާޅުކުރުން. 

- އޮފީހުން އިންތިޒާމްކޮށް އަދި މީގެ އިތުރުން ހޯދައިދޭ ޓްރޭނިންގ ފުރުސަތުތަކުގައި ބައިވެރިވުން.   

- ޔުނިޓާއި ގުޅުން ހުރި ސޯޝަލް މީޑިއާއަށް ލިބޭ އަދި ތައްޔާރުކޮށްފައިވާ މެސެޖް ސޯޝަލް މީޑިއާގައި ޕޯސްޓް/ޝެއަރ ކުރުން. 

- މުވައްޒަފުންނާއި ކަސްޓަމަރުންނަށް މުއާމަލާތްކުރުމުގައި ރިވެތި އަދަބާއި ލާމަސީލު ނަމޫނާއަކަށްވުން.

- މުވައްޒަފުންނާއި ކަސްޓަމަރުންގެ މަޢުލޫމާތުތަކަށް ރައްކާތެރިވެ ސިއްރު ހިފެހެއްޓުން.    

 

މަޤާމުގެ ޝަރުތު:

 

- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް 'ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6.  
  7. (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  8. (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
  9. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  10. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  11. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  12. (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  13. (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖޫން 20 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ޤައުމީ ކުތުބުޚާނާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3313712 އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ޖޫން 21 ވަނަ ދުވަހާއި 2018 ޖުލައި 21 ވަނަ ދުވަހާ ދެމެދު، ޤައުމީ ކުތުބުޚާނާ، (މިއުޒިއަމް ބިލްޑިން އޭ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3007200 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3313712 އެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.

 

 

 

 

 

19 ރަމަޟާން 1439

03 ޖޫން 2018
ހޯދާ