ދިވެހިރާއްޖެ
މަސައްކަތް: މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ސޯޝަލް މީޑިއާ މާކެޓިން ކޮންސަލްޓެންސީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.
މި އިއުލާނޭއެކު ހިމެނިފައިވާ ޓާރމްސް އޮފް ރެފަރެންސާއި އެއްގޮތަށް މިކޯޕަރޭޝަންގެ ސޯޝަލް މީޑިއާ މާކެޓިން ކޮންސަލްޓަންސީ މަސައްކަތްކޮށްދެއްވާނޭ ފަރާތެއް ބޭނުންވެއްޖެ.
މަސައްކަތުގެ އަގު: ދެ ފަރާތުން އެއްބަސްވާ އަޤެއް
ބޭނުންވާ އަދަދު: 1 (އެކެއް)
ޝަރުތު:
- ސޯޝަލް މީޑިއާ މާކެޓިން ނުވަތަ ގުޅޭ ދާއިރާއަކުން ބެޗަލަރސް ޑިގްރީ ނުވަތަ އެފެންވަރުގެ ސަނދެއް ޙާސިލްކޮށްފައިވުން.
- މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް:
- ސޯޝަލް މީޑިއާ މާކެޓްކޮށް ކޮންޓެންޓް ތައްޔާރުކުރުމުގެ ދާއިރާއިން ލިބިފައިވާ ތައުލީމާ ތަމްރީނު
- ސޯޝަލް މީޑިއާ މާކެޓްކޮށް ކޮންޓެންޓް ތައްޔާރުކުރުމުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- އިންޓަވިއު
ހުށަހަޅަންޖެހޭ ލިޔުންތައް:
- މަސައްކަތައް އެދޭ ފޯމު (މި އިޢުލާނާ އެކުގައިވާ ލިންކުން ޑައުންލޯޑްކުރެވޭނެ)
- މަސައްކަތައް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް. ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ.
- މަސައްކަތައް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. ކުންފުންޏެއް ނަމަ، ކުންފުނީގައި އެމަސައްކަތްކުރާ ފަރާތްތަކުގެ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- މަސައްކަތަށްއެދޭ ފަރާތުގެ ވަނަވަރު. ކުންފުންޏެއްނަމަ، ކުންފުނީގެ ޕްރޮފައިލް އަދި ކުންފުނީގައި މަސައްކަތް ކުރާ ފަރާތްތަކުގެ ވަނަވަރު.
ވީމާ، މިމަސައްކަތައް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މިކަމަށް ހާއްސަކުރެވިފައިވާ އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، 11 ޖޫން 2018 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގެ ޔޫތް އެކޮމަޑޭޝަން ބްލޮކްގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް (ހެނދުނު 8:00އިން ހަވީރު 1500:އަށް) 3336725 ނަންބަރު ފޯނަށް ގުޅެއްވުން އެދެމެވެ.
22 ރަމަޟާން 1439
6 ޖޫން 2018