މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫސިޓީގެ ހިތަދޫ ބަނދަރުގައި އަޅާފައިވާ 2 އުޅަނދު ނެގުން

އައްޑޫސިޓީގެ ހިތަދޫ ބަނދަރުގައި އަޅާފައިވާ ބާ ދެއުޅަނދު ބަލަހައްޓާނެ ފަރާތެއް ނެތުމުގެ ސަބަބުން ގިނަދުވަސްވެ މިދެއުޅަނދު ބަނދަރުތެރެއަށް ފެތިދާނެކަމުގެ ބިރު އޮތުމާއިއެކު މިދެއުޅަނދުގެ ސަބަބުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ވަރަށްބޮޑަށް ދަތިވާކަން ވަނީ ފާހަގަވެފައެވެ. މިގޮތުން ރައްޔިތުންގެ ޝަކުވާތައް ލިބުމާއި ގުޅިގެން މިދެއުޅަނދުގެ ވެރިފަރާތެއް ހޯދަން މިޑިޕާޓްމަންޓުން ކުރި މަސައްކަތުންވަނީ އެކަން އެގޭގޮތް ނުވެފައެވެ.

                ވުމާއި އެކު މިދެއުޅަނދުގެ ވެރިފަރާތުން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެތަކެތި ނަގާ ހިތަދޫ ފަޅުތެރޭގެ  އެހެންތަނަކަށް  ބަދަލުކުރުމަށް  އަންގަމެވެ.  އަދި މިމުއްދަތުގެ ތެރޭގައި މިދެއުޅަނދު  )ނަމްބަރ:C4178B-01 10-T  ނަމްބަރ:C4252B-01 10-T ) ނުނަގައިފި ނަމަ މިޑިޕާޓްމަންޓުން މިދެއުޅަނދު ނަގާ ހިތަދޫ ފަޅުތެރޭގެ އެހެން ތަނަކަށް ބަދަލުކުރާނެ ވާހަކަ އަންގައި އިޢްލާން ކުރީމެވެ.

05 ޖޫން 2018
ހޯދާ