މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކުންފުނިތަކުގެ އަހަރީ ހިސާބު، ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ހުށަހެޅުމާގުޅޭ

އިޢްލާން

 

ކުންފުނިތަކުގެ އަހަރީ ހިސާބު، ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ހުށަހެޅުމާގުޅޭ

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/10)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުން، އެކުންފުންޏެއްގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އަށް ހުށަހަޅަންޖެހެއެވެ. މިގޮތުން، ކުންފުނިތަކުގެ 2017 ގެ އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 30 ޖޫން 2018ގެ ނިޔަލަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށެވެ.

ޑިރެކްޓަރުންގެ ރިޕޯޓް ތައްޔާރުކުރުމުގައި ޢަމަލުކުރަންވީ ގައިޑްލައިން މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  އިން ލިބެން ހުންނާނެއެވެ.

05 ޖޫން 2018
ހޯދާ