ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫ މަސްޖިދުލް ޣުފްރާނަށް ވަގުތީ މަސައްކަތު މީހަކު ހޯދުން

ހއ ދިއްދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ދިއްދޫ މިސްކިތްތަކުގެ މިސްކިތު ވަގުތީ މަސައްކަތު މީހަކު ހޯދުމަށް ބޭނުންވެއެވެ.

 މަޤާމް:

 މަސައްކަތު

 ބޭނުންވާ ޢަދަދު:

 1 (އެކެއް)

 ރޭންކް:

 އެސްއެސް 1

 ކްލެސިފިކޭޝަން:

 ސަޕޯޓް ސްޓާފް ގްރޭޑް 1

 މަސައްކަތްކުރަން ޖެހޭ ތަން:

 ހއ. ދިއްދޫ މަސްޖިލްދުލް ޣުފްރާން

 ޔުނިޓް:

 ކޯޕަރޭޓް އެފެއަރޒް ޔުނިޓް

 މުއްދަތު:

 ދާއިމީ މުވައްޒަފަކު މަޤާމަށް ހަމަޖެހެން ދެން.

:މުސާރައާއި އެލަވަންސްތައް 

 ވޭޖް އެންޕްލޯއިމެންޓްގެ ދަށުން ގަޑިއަކަށް 40.00 ރ ދުވާލަކު 6 ގަޑިއިރު

:މަޤާމުގެ ޝަރުތުތައް 

  1. ލިޔަންކަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭ ކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ).
  2. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ވަރުގެ ޖިސްމާނީ ޤާބިލްކަން ހުރުން.

  :މަޤާމުގެ މަސްއޫލިއްޔަތުތައް 

  1. ކައުންސިލުން ކަނޑައަޅާ ތާވަލާ އެއްގޮތަށް ކަނޑައަޅާ މިސްކިތެއްގައި އިމާމު/މުދިމު އަންގާ ގޮތެއްގެ މަތިން މިސްކިތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން.
  2. މިސްކިތުގެ ކުޑަދޮރުތަކާއި ބޮޑުދޮރުތައް ފޮހެ ސާފުކުރުން.
  3. ކޮންމެދުވަހަކު މިސްކިތުގެ އެތެރެއާއި ފެންޑާ ހަޑިވިޔަ ނުދީ ކުނިކަހާ ފޮޅާ ސާފުކޮށް މޮޕްއެޅުން.
  4. މިސްކިތުގެ ވަޅު ހަޑިވުމުން ވަޅު ދިޔަ ހިއްކާ ސާފުކުރުން
  5. ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތުގެ އިސްކުރުބަރިއާއި ފާޚާނާ ސާފުކުރުން.
  6. މިސްކިތުގެ ގޯތިތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  7. މިސްކިތުގެ ފަންކާތައް ފޮހެ ސާފުކުރުން.
  8. މިސްކިތުގެ ފުރާޅާއި ދިޔަދޮވި ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.
  9. މިސްކިތުގައި ހިފާ ގެންގުޅޭ ސާމާނު ރާއްކާތެރިކަމާއެކު ބެލެހެއްޓުން.
  10. މިސްކިތުގައި އިންތިޒާމްކުރާ ދީނީ ނަޞޭޙަތް ދިނުންފަދަ ކަންކަމުގައި ކުރަންޖެހޭ ކަންކަންކުރުން.
  11. ކައުންސިލުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން މިސްކިތުން ނެގޭ ކުނިއުކުން.
  12. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ލައިޓްތައް ދިއްލުމާއި، ފަންކާތައް ޖެހުމާއި، ނަމާދުގެ ޖަމާޢަތް ނިމުމުން މީހުން ނެތް ދިމާލުގައި ޖަހާފައި ހުންނަ ފަންކާއާއި ދިއްލާފައި ހުންނަ ލައިޓްތައް ނިއްވާލުމާއި ދޮރުތައް ލެއްޕުން.
  13. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމަށް ޚާއްޞަ ކުރެވިފައިވާ ބައިގައި ގަސްއިންދާ ފެންދީ ބެލެހެއްޓުން.
  14. ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ގޯތިތެރެއިން ފަޅާ އެކި ބާވަތްބާވަތުގެ ގަސްތައް ރީތިކޮށް ކޮށުމާއި، ވިނަތައް ނޮޅާ ސާފުކޮށް ބެލެހެއްޓުން.
  15. މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން.
  16. މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ޢަމަލެއް ނުވަތަ ޢާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލެއް މިސްކިތުގެ ސަރަޙައްދުގެ ތެރޭގައި ނުކުރުން.
  17. މިސްކިތް ބެލެހެއްޓުމާގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްކުރުން.

 މަތީގައިވާ މަޤާމްތަކަށް މީހުން ހޮވުމުގައި ބަލާނެ ކަންކަމާއި، ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއި، މި އިޢުލާނުގެ ސުންގަޑިއާއި، އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 ބަލާނޭ ކަންކަން:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ހުނަރާއި ޤާބިލްކަން އަދި އެފަދަ މަސައްކަތެއް ކުރެވޭ ފަދަ ޞިއްޙަތެއް ހުރުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ މީހަކަށްވުން.
  • މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު.
  • ޢުމުރުން 55 އަހަރު ނުވާ މީހަކަށްވުން.
  • މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 އިންޓަވިއުކުރުން:

  • މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު އެރުވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގެންނަވާއިރު ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

 ޝޯޓްލިސްޓްކުރުން:

  • ވަޒީފާއަށް އެދި ހުށަހަޅާފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖްރިބާއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

:ހުށަހަޅަންޖެހޭ ލިޔުންތައް 

  • ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (B-1)" – މި ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ފޭސްބުކް ޕޭޖުން ޑައުންލޯޑްކުރެވޭނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުންތަކުގައި ހުންނަންވާނީ ސަރުކާރުގެ އިދާރާއަކުން އަޞްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައެވެ).
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

:ސުންގަޑި 

  • މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 11 ޖޫން 2018 ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

  :އިތުރު މަޢުލޫމާތު 

  • ވަޒީފާއަށް އެދޭ ފޯމު، މި އިޢުލާންގެ މުއްދަތު ހަމަވަންދެން ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 14:00 މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ފޭސްބުކް ޕޭޖުން ވެސް އެ ފޯމް ޑައުންލޯޑްކުރެވޭނެއެވެ.
  • އިތުރު މަޢުލޫމާތު މި މިކައުންސިލް އިދާރާގެ ފޯނު ނަންބަރު: 6500019 އިން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

04 ޖޫން 2018
ހޯދާ