އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅުނދުފަހަރުގެ ލައިސަންސް ޕްރެކްޓިކަލްދޭނެ އެގްޒަމިނަރުން ހޯދުން

އެއްގަމުގައި ދުއްވާއިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ޕްރެކްޓިކަލް އިމްތިހާނު ދެއްވާނެ އެގްޒަމިނަރުން ހޯދުމަށް ކުރި ނަންބަރު:  (IUL)233-ADS/233/2018/8އިޢްލާނާ ގުޅިގެން ބޭނުންވާ ޢަދަދަށް ކުރިމަތިލާފައިނުވާތީ، އެ އިޢްލާން ބާތިލްކޮށް އެގްޒަމިނަރުން ހޯދުމަށް އަލުން އިޢްލާން ކުރަމެވެ.

 އަންހެން އެގްޒަމިނަރުން:

-           ބޭނުންވާ ޢަދަދު: 08 ( އަތޮޅުގެ ކޮންމެ ރަށަކުން 1 )

ޝަރުޠު:

-          ދަށްވެގެން AA1 ގިންތީގެ ލައިސަންސް އޮތުން

-          ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތު ވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

-          ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑް ފޯމް.

-          ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 3 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-          ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާ ރަނގަޅު ޞިއްޙަތެއްގައި ހުރުން.

-          އއ. އަތޮޅު ކައުންސިލްގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

-          ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

ފިރިހެން އެގްޒަމިނަރުން:

-          ބޭނުންވާ ޢަދަދު: 08 ( އަތޮޅުގެ ކޮންމެ ރަށަކުން 1 )

ޝަރުޠު:

-          ދަށްވެގެން AA1B1B2C1C2 ގިންތީގެ ލައިސަންސް އޮތުން

-          ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތު ވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

-          ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑް ފޯމް.

-          ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-          ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާ ރަނގަޅު ޞިއްޙަތެއްގައި ހުރުން.

-          އއ. އަތޮޅު ކައުންސިލްގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

-          ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

އުޖޫރަ:

-          ޓެސްޓް ކުރާ ކޮންމެ A,A1 ކެޓެގަރީގެ އުޅަނދަކަށް -/25 ރުފިޔާ.

-          އެހެނިހެން ކެޓަގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/30 ރުފިޔާ.

-           

އިމްތިހާނު ބާއްވާނެ ތަނާއި، ވަގުތު:

-          އިމްތިހާނު ބާއްވާނެ ތާނާއި، ވަގުތު ކަނޑައަޅާނީ މި ކައުންސިލުން.

އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 13 ޖޫން 2018 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ވަނަވަރާއެކު ސިޓީއަކުން މި ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

03 ޖޫން 2018
ހޯދާ