އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

 

މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް، މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު (IUL)GS80/2018/05 (14 މެއި 2018) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. އަދި މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން، 2018 ޖޫން 04 އިން 2018 ޖޫން 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް އުލިގަމު ސްކޫލަށް ޙާޟިރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ.

މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 2018 ޖޫން 13 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

ލިޔުން ފޮނުވަންވީ އެޑްރެސް

އުލިގަމު ސްކޫލް

ފޯން އަދި ފެކްސް: 6500548

އީމެއިލް: [email protected]

މި މަސައްކަތާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2018 ޖޫން 14 ވާ ބުރާސްފަތި ދުވަހުގެ 11:45 ގައި އުލިގަމު ސްކޫލުގައެވެ.

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2018 ޖޫން 20 ވާ ބުދަ ދުވަހުގެ 11:45 ގައި އުލިގަމު ސްކޫލުގައެވެ.

މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެޓޭޗުކުރެވިފައި ވާނެއެވެ.

‏03‏ ޖޫން‏ 2018

 

03 ޖޫން 2018
ހޯދާ