ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަލްއުސްތާޛު އިބްރާހިމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 33ވަނަ ޤައުމީ މުބާރާތް - 2018 އޮފީސް، ކުންފުނި، ކުލަބް، ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބަޔާއި ގުޅޭ

 `

ދިވެހިބަހުގެ އެކެޑަމީ

    މާލެ،

  ދިވެހިރާއްޖެ.                                      

                                       

                                            ނަންބަރު: IUL)430-DBA-B/1/2018/11) 

 

 

 އިޢުލާން

 

 

               މި އެކެޑަމީގެ ނަންބަރު  IUL)430-DBA-B/1/2018/7) އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ. އެ އިޢުލާނުގައި ދަންނަވައިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 33ވަނަ ޤައުމީ މުބާރާތުގެ  އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ވާހަކަދެއްކުމުގެ ބައި ކުރިއަށްގެންދިޔުމަށް މިހާރު ހަމަޖެހިފައިވަނީ ބަހުސް މުބާރާތެއްގެ ގޮތުގައެވެ.

               މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށް ފަހު ބައިވެރިވާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލާއެކު އޭގެ ނަކަލު، 2018 ޖޫން 14ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅަން ވާނެއެވެ.

               މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު  3028002ން ލިބޭނެއެވެ.

 

 

 

03 ޖޫން 2018
ހޯދާ