މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ ގެ 08 މަޤާމަށް މީހުން ހޯދުމަށް

އިޢުލާނު 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-295800 / J-295801 / J-295804 / J-295805 / J-295808 / J-295809 / J-295812 / J-295813

ބޭނުންވާ އަދަދު:

08 (އަށެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އައްޑޫ ސިޓީގައި ހުންނަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޔުނިޓްތައް / އައްޑޫ ސިޓީ

މުސާރަ:

މަހަކު 5020.00  ރުފިޔާ،   

ސަރވިސް އެލެވަންސް:

މަހަކު 1500.00  ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.'
  4. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/700ރ (ހަތްސަތޭކަ ރުފިޔާ)

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް::

  1. އޮފީހަށް ލިބޭ ސިޓީ މެސެޖް އަދި އެހެނިހެން ލިޔުންތައް ދުވަހުން ދުވަހަށް އެންޓްރީ ކުރުން.
  2. މިސްކިތްތަކުގެ ހުކުރު ނަމާދު ކުރުމުގެ ކަންތައް ހަމަޖެއްސުން.
  3. ހުކުރު ތާވަލް ކޮންމެ ހަފްތާއަކު ބުދަ ދުވަހު ސުޕަވައިޒަރގެ ލަފައާއިއެކު ތައްޔާރުކުރުން
  4. ހުކުރު ޚުޠުބާ ޕްރިންޓް ކުރުމަށް ފަހު ބުރާސްފަތި ދުވަހު އިމާމުންނާ ޙަވާލުކުރުން.
  5. މިސްކިތްތަކުގައި ދަރުސް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  6. ހުކުރު އެލަވަންސް ތައްޔާރުކޮށް ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ފޮނުވުން.
  7. މިސްކިތްތަކުގެ ފޮޅާ ސާފުކުރުމުގެ ތަކެތީގެ ސްޓްކޮ ބެލެހެއްޓުން.
  8. މިސްކިތްތަކަށް ބޭނުންވާ ފޮޅާ ސާފުކުރުމުގެ ތަކެތި ސްޓޮކްއިން ހުސްވުމުގެ ކުރިން ޗެކްކޮށް، ތަކެތި ގަތުމުގެ އިންތިޒާމް މާލިއްޔަތު ޤާނޫނު ގައިވާ ގޮތުގެ މަތިން ހަމަޖެއްސުން.
  9. އޮފީހަށް ލިބޭ ބިލުތަކަށް ފައިސާ ހޯދުމަށް މެމޯ ތައްޔާރުކުރުމަށް ފަހު ހުރިހާ ލިޔެކިޔުންތަކާއެކު މިނިސްޓްރީއަށް ފޮނުވުން.
  10. އޮފީހަށް ލިބޭ ސިޓީ، މެސެޖުތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރުން.
  11. އައްޑޫ ސިޓީގައި ނިޔާވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރާ މީހުންނަށް އެލަވަންސް ރިޕޯޓު ތައްޔާރުކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވުން
  12. ރަމަޟާން މަހުގައި ތަރާވީޙު ނަމާދު ކުރުން އަދި ދަރުސް ދިނުމުގެ އެންމެހައި މަސައްކަތް ކުރުން.
  13. ރަމަޟާން މަހުގެ ދަރުސް އަދި ތަރާވީޙުގެ އެލަވަންސް ރިޕޯޓް ތައްޔާރުކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވުން.
  14. މިސްކިތްތަކުގެ ދަފްތަރު އެކުލަވާލާ އެ ދަފްތަރު ބެލެހެއްޓުން.
  15. މިސްކިތްތަކާއި ގުޅުން ހުރި ހުރިހާ މަސައްކަތެއް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން.
  16. މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް މާލިއްޔަތު ޤާނޫނުގައިވާ ގޮތުގެ މަތިން ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން.
  17. ޔުނިޓަށް ލިބޭ އެންމެހައި ލިޔުންތައް ދުވަހުން ދުވަހަށް ފައިލުކޮށް ބެލެހެއްޓުން.
  18. ސަހަރާތަކަށް ބޭނުންވާ ފޮޅާ ސާފުކުރުމުގެ ތަކެތި ސްޓޮކުން ހުސްވުމުގެ ކުރުން ޗެކުކޮށް، ތަކެތި ގަތުމުގެ އިންތިޒާމް މާލިއްޔަތު ޤާނޫނުގައިވާ ގޮތުގެ މަތިން ހަމަޖެއްސުން.
  19. ސަހަރާތަކުގެ ފޮޅާ ސާފުކުރުމުގެ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
  20. ސަހަރާތަކުގެ ދަފްތަރެއް އެކުލަވާލާ އެ ދަފްތަރު ބެލެހެއްޓުން.
  21. ސަހަރާތަކުގެ ދަފްތަރެއް އެކުލަވާލާ އެ ދަފްތަރު ބެލެހެއްޓުން.
  22. ސަހަރާތައް މަރާމަތުކުރުމުގެ ކަންތައް މާލިއްޔަތު ޤަވާޢިދުގައިވާ ގޮތުގެ މަތިން ސުޕަވައިޒަރގެ އިރުޝާދާއެކު ކުރުން.
  23. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައް ރާވާ ހިންގުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް'  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި (އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2.  މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް'  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3.  މަގާމުގެ މަސައްކަތާ ގުޅެ ތަޢުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުން.   

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން)  %40
  2. އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) %5
  3. މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ
  4. ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)  %45

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖޫން 13 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ހުންނަ މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒްގެ ޔުނިޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް އަދި ފެކްސް 3315161 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2018 ޖޫން 18 އާއި  2018 ޖުލައި 05 އާ ދެމެދު، އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ހުންނަ މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒްގެ ޔުނިޓުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

45% (ސާޅީސް ފަސް ޕަސެންޓް )

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200,3020287 ނަންބަރު ފޯނާއެވެ.ފެކްސް ނަންބަރަކީ 3315161 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

16 ރަމަޟާން 1439ހ.

31 މޭ 2018
ހޯދާ