މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ކުރިމަގުގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން މަތީތަޢުލީމުގެ މަރުޙަލާގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުޞަތުދިނުމަށް ޒަކާތު ފަންޑުން ދެވޭ ސްކޮލަރޝިޕް

ދިވެހިރާއްޖޭގެ ކުރިމަގުގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން މަތީތަޢުލީމުގެ މަރުޙަލާގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުޞަތުދިނުމަށް ޒަކާތު ފަންޑުން ދެވޭ ސްކޮލަރޝިޕް

 

 

 

 

 

ކޯހުގެ ނަން އަދި އަދަދު:

ޤައުމު

ލެވެލް

ކޯހުގެ ނަން

ފުރުޞަތުގެ އަދަދު

 

 

ދިވެހިރާއްޖެ

ޑިޕްލޮމާ (ލެވެލް 05)

- ޑިޕްލޮމާ ފޯ އިމާމް

10

- ޑިޕްލޮމާ އިން ޓީޗިންގ އަރަބިކް ލޭންގްއޭޖް

10

 

 

ޑިގްރީ (ލެވެލެ 07)

- ބެޗްލަރސް އޮފް އިމާމް

10

- ބެޗްލަރސް އޮފް ޓީޗިންގް އިސްލާމިކް ސްޓަޑީޒް

-           05

- ބެޗްލާރސް އޮފް ޓީޗިންގް ޤުރްއާން

-           05

- ޑަކްޓަރީ ޑިގްރީ

-           02

-ޑަކްޓަރީ އިންޓަރންޝިޕް

-           10

- ޑިގްރީ އިން ބިޒްނަސް ނުވަތަ އެޗް.އާރް މެނޭޖްމަންޓް (އިސްލާމިކް މިނިސްޓްރީގެ ސްޓާފް ޑިވެލޮޕްމަންޓް ޕޮރްގްރާމްއަށް ޚާއްސަ)

-           01

- ޑިގްރީ އިން އިންފޮމޭޝަން ޓެކްނޮލޮޖީ (އިސްލާމިކް މިނިސްޓްރީގެ ސްޓާފް ޑިވެލޮޕްމަންޓް ޕޮރްގްރާމްއަށް ޚާއްސަ)

-           01

ނޮން އޯ.އީ.ސީ.ޑީ ޤައުމު

ޑިގްރީ (ލެވެލް 07)

- ޑިގްރީ އިން ސިވިލް އިންޖިނިއަރިން

01

- ބެޗްލަރ އޮޓޯ މޯބައިލް އިންޖިނިއަރިންގް

01

މެލޭޝިޔާ

 

 

މާސްޓަރސް (ލެވެލް 09)

- މާސްޓަރސް އިން އިސްލާމިކް ސްޓަޑީޒް (ކަރިކިއުލަމް ސްޓަޑީޒް)

01

- މާސްޓަރސް އިން ޤުރްއާން (ކަރިކިއުލަމް ސްޓަޑީޒް)

01

މިސްރު

ޑިގްރީ (ލެވެލެ 07)

އަޒްހަރު ސްކޮލަރޝިޕް 2018

15

 

 

 

 

 

 

 

 

 

ކޯހުގެ ޝަރުތު:

  1. މި އިޢުލާނާއިއެކު އަޕްލޯޑް ކުރެވިފައިވާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެންޓްރީ ކްރިއިޓީރިއާ ހަމަވެފައިވުން ނުވަތަ ޔުނިވަރސިޓީއަކުން ހަދަން ބޭނުންވާ ކޯހަކަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ހަމަވެފައިވުން.
  2. ދިވެހި ސަރުކާރުން ނުވަތަ ދިވެހި ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީގެގޮތުގައި ފުރުޞަތު ލިބިގެން މިވަގުތު ކިޔެވުމުގެ ޚަރަދު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން.
  3. ސްކޮލަރޝިޕަށް އެދޭ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ލޯނު އެހީއެއް ލިބިފައިވާ ދަރިވަރެއްނަމަ، އެ ލޯނުގެ ފައިސާ ދައްކައި ޚަލާސްކޮށްފައިވުން ނުވަތަ ޤަވާއިދުން ފައިސާ ދައްކަމުންދާ ފަރާތެއްކަމުގައިވުން.
  4. އެދިވަޑައިގަންނަވާ ކޯހަކީ ފުލްޓައިމް އަދި މިހާރު ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރެއްގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދަޢުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.
  5. 2018 ވަނަ އަހަރުގެ ޖަނަވަރީ 01 އަށް އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން.
  6. ސްކޮލަރޝިޕްއަށް އެދޭ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީ ނުވަތަ ޕެއިޑްލީވް ނުވަތަ ލޯނު އެހީގެ ފުރުޞަތު ލިބިގެން ކިޔެވުމަށްފަހު، ބޮންޑުގައިވާގޮތައް ޚިދުމަތަށް ނުކުތުމަށް ބޮންޑުކުރި ފަރާތަކަށް ރިޕޯޓްނުކުރާ ފަރާތެއްކަމުގައި ނުވުން.  
  7. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބްލެކްލިސްޓްކުރާ އެއްވެސް އުސޫލަކުން ބްލެކްލިސްޓްވެފައިވާ ފަރާތެއް ކަމުގައި ނުވުން.

 

ހުށަހަޅަންޖެހޭ ތަކެތި:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.

-          ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-          ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކުރެވިފައިވާ އަސްލު އާއި ފުލް ޓްރާންސްކްރިޕްޓްގެ އަސްލާއި އެއްގޮތް ކަމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ އަސްލުގެ ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށް އޮންނަންވާނެއެވެ.

-          ތަޢުލީމު ހާޞިލުކުރަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެފަހުގެ އެހީއަކާ ގުޅޭގޮތުން ޚިދުމަތްކޮށްފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

-          ޚިދުމަތްކުރުމަށް ބޮންޑެއް އޮތް ދަރިވަރެއް ނަމަ، ބޮންޑުކުރި ތަނަކުން އެ ދަރިވަރަކު އެދިފައިވާ ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

-          ހުށަހަޅާފާއިވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކްރައިޓީރިއާ "ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން" އިން ޕޮއިންޓްދޭ އުސޫލާއި ތަފާތުނަމަ، ދަރިވަރު ތައުލީމު ޙާސިލްކުރެއްވި އިންސްޓިޓިއުޓެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ.  ނޫންނަމަ، ޕޮއިންޓް ދޭނީ "ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން" ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

-          ހުށަހަޅާ ލެވެލްއެއްގެ ޝަރުތު ފުރިހަމަކުރުމުގެ ގޮތުން ބޭނުންވާ ލިޔެކިޔުންތައް މި އިޢުލާނާއިއެކު އަޕްލޯޑް ކުރެވިފައިވާ "އެންޓްރީ ކްރައިޓީރިއާ ފޮރ އެމް.އެން.ކިޔު.އެފް ކޮލިފިކޭޝަންސް" ގައިވާ ޝަރުތު ފުރިހަމަކުރުމަށް ހުށަހަޅަންޖެހޭ ތަކެތި.

 

އިތުރު މަޢުލޫމާތު

-          ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. (ކޯސް ފީ، ސްޓައިޕެންޑް، ބުކްއެލެވެންސް، އެސްޓެބްލިޝްމެންޓް އެލަވެންސް، ޑިޕާޗަރ އެލެވެންސް އަދި ހެލްތު އިންޝްއެރެންސް)

-          މި ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ކޯސް ފީއެވެ. (މީގެ ތެރޭގައި އެ އިންސްޓިޓިއުޓަކަށް ދައްކަންޖެހޭ އެހެނިހެން ފީތައްވެސް ހިމެނޭނެއެވެ.)

-          ޒަކާތު ފަންޑުން ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވާ ފުރުޞަތުތަކުގެ ކެޓަގަރީރީތަކަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައި ނުވެއެވެ.

-          ޑިގްރީ އިން ބިޒްނަސް ނުވަތަ އެޗް އާރް މެނޭޖްމަންޓް އަދި ޑިގްރީ އިން އިންފޮމޭޝަން ޓެކްނޮލޮޖީ އަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ސްޓާފް ޑިވެލޮޕްމެންޓް ޕޮރްގްރާމަށް ޚާއްސަ ދެ ކޯހަށްވާތީވެ މި ދެ ކޯހަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނި ހަމައެކަނި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ މުވައްޒަފުންނަށެވެ.

-          އަޒްހަރު ސްކޮލަރޝިޕް 2018 އަށް ހުޅުވާލެވޭ ފުރުޞަތު ތަކުގެ ތަފްސީލް މި އިއުލާނާއެކީ އަޕްލޯޑް ކުރެވޭނެއެވެ.

-          މި ސްކޮލަރޝިޕްއަށް ހޮވޭ ދަރިވަރުން ސްކޮލަރޝިޕްއަށް ހޮވޭކަން އަންގާ ދުވަހުން ފެށިގެން 18 މަސްދުވަހުގެ ތެރޭގައި ކިޔަވަން ފަށަންވާނެއެވެ.

-          ސްކޮލަރޝިޕް ލިބޭ ދަރިވަރުން ފުރިހަމަކުރުމަށް އެދޭ ކޯހުގެ ޕްލޭސްމަންޓް ހޯދުމުގެ މަސައްކަތް ކުރަން ޖެހޭނީ ދަރިވަރު އަމިއްލައަށެވެ.

-          މި ސްކޮލަރޝިޕްއަށް ހޮވޭ ދަރިވަރުންގެ ކޯހުގެ ޓިއުޝަން ފީއަށްވާ ފައިސާ ދައްކާނީ، މަތީ ތަޢުލީމުދޭ މުއައްސަސާގެ އިންވޮއިސް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ލިބުމުން، އޭގައިވާ ގޮތުގެމަތިން ކިޔަވައިދޭ މުއައްސަސާއަށެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް އެ އިންވޮއިސް ލިބުނުކަން ކަށަވަރުކުރުމަކީ ދަރިވަރުގެ ޒިންމާއެކެވެ.

-          މި އިޢުލާނާއި ގުޅިގެން ކޯހަށް އެދޭ ކޮންމެ ދަރިވަރަކުވެސް ހުށަހަޅަންވާނީ އެންމެ އެޕްލިކޭޝަން ފޯމެކެވެ.

-          މި ސްކޮލަރޝިޕް ދަށުން ކޮންމެ ދަރިވަރަކަށްވެސް ދެވޭނީ އެއް ފުރުޞަތެވެ.

-          ކޯހުގެ ޕްލޭސްމަންޓް ހޯދުމަށްޓަކައި ޕްރީ-ރިކުއެސްޓް ކޯހެއް ނުވަތަ ފައުންޑޭޝަން ކޯހެއް ނުވަތަ ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މޮޑިއުލްތަކެއް ހުރި އެއްވެސް ކޯހެއް ނުހެދޭނެއެވެ.

-          މި ސްކޮލަރޝިޕްއަށް ހޮވޭ ދަރިވަރަކު އެއްވެސް ސަބަބަކާހުރެ، ތަޢުލީމު ހާޞިލުކުރަމުންދާ މުއައްސަސާއިން ދަރިވަރު ވަކިކޮށްފިނަމަ، ނުވަތަ މަޤުބޫލު އުޒުރަކާއިނުލައި ކޯހުން ދަރިވަރު ފެއިލްވެއްޖެނަމަ، ނުވަތަ ދަރިވަރު އަމިއްލައަށް ކޯހުގައި ކިޔެވުން ހުއްޓާލައިފިނަމަ، އެ ދަރިވަރެއްގެ ކޯހަށް ހިނގި ޖުމްލަ ޚަރަދު، މިނިސްޓްރީއަށް އަނބުރާ ދައްކަން ޖެހޭނެއެވެ.

-          އެޕްލިކޭޝަނާއިއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގެ ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅަންވާނެއެވެ.

-          އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓު ސްކޮލަރޝިޕްއަށް ހޮވިއްޖެނަމަ، ހުށަހެޅި ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަން މި މިނިސްޓްރީން ފަހުން އަންގައިފިނަމަ، އެ ލިޔެކިޔުންތައް ވަގުތުން ހުށަހަޅަން ތައްޔާރުކޮށްފައި ބަހައްޓަންވާނެއެވެ.

-          ޕްލޭސްމަންޓް ހޯދުމަށްޓަކައި ދަރިވަރާއި މަތީތަޢުލީމުދޭ މުއައްސަސާއާއި ދެމެދު ކުރެވުނު މުޢާމަލާތުތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

-          މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރުން ހޮވުމުގައި އިސްކަންދޭނީ

(ހ) ކޯހަށްވަނުމަށް ބޭނުންވާ ކްރައިޓީރިއާ ހަމަވުން.

(ށ) ކްރައިޓީރިއާ ހަމަކުރުމަށް ބޭނުންވާ ތަޢުލީމީ ސަނަދުތަކަށް ދެވޭ ޕޮއިންޓް.

(ނ) ސަރުކާރު މެދުވެރިވެގެން ސްކޮލަރޝިޕެއް ނުވަތަ ކިޔެވުމަށް ލޯނު ލިބިފައިވުން.

(ރ) ޤައުމަށް ޚިދުމަތްކޮށްފައިވާ މުއްދަތު.   

-          ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ ކޯހަކަށް އެދޭ ފަރާތްތައް، އެއްފަރާތަށްވުރެ ގިނަވެފައި، ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، އެޕްލިކޭޝަންތަކުގެ ނަތީޖާލިސްޓް ތަރުތީބުކުރުމަށް ދެން ބަލާނީ އެ ފަރާތަކުން އެންމެފަހުން ހާސިލުކުރި ޑިގްރީއަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތަށެވެ.

-          ހުށަހަޅާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައެވެ.

-          ސްކޮލަރޝިޕްގެ ފުރުޞަތު ލިބޭ ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށްފަހު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ކޯސް ފުރިހަމަ ކުރެވިފައިވާކަން ލިޔުމުން އަންގަން ވާނެއެވެ. އަދި ހާސިލުކުރި ކޯހުގެ ސެޓްފިކެޓްގެ ކޮޕީއެއްވެސް ހުށަހަޅަންވާނެއެވެ.

-          ކޯސް ފުރިހަމަކުރުމަށްފަހު، މިނިސްޓްރީއިން ކަނޑައަޅާތަނެއްގައި މަސައްކަތް ކުރަންޖެހޭނެއެވެ.

 އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 28 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.

އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ އިޢުލާނުގައި ބަޔާންކޮށަފައިވާ ތަކެތި ހަމަކުރުމަށްފަހު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ސިޓީ އުރައެއްގައި ބަންދުކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި ކޯހަށް އެދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރާއި ކިޔަވަން އެދޭ ކޯހާއި ދާއިރާ ލިޔުމަށްފަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ކައުންޓަރަށެވެ.

ކޯހަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ރަމަޟާން މަހުގެ ދުވަސްތައް ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 13:30 އަށް ލިބިވަޑައިގަންނަވާނެއެވެ. އަދި ރަމަޟާން މަހުގައި ހެނދުނު 10:30 އިން 13:00 އަށް ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން މި މިނިސްޓްރީގެ ވެބްސައިޓް http://islamicaffairs.gov.mv/ އިންވެސް ފޯމު ޑައުންލޯޑުކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުންނާއި، 3020260، 3020209 ނަންބަރު ފޯނަށް ގުޅުމުން ލިބޭނެއެވެ.

 

30 މޭ 2018
ހޯދާ