މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިއްކިިބިމުގައި ފޯދިފައިހުރި 134 ކުއްޔަށް ދޫކުރުމާއި ގުޅޭ

                                    ނަމްބަރު:(IUL)321/321/2018/62

އިޢުލާން

                     މިރަށު ހިއްކިބިމުގައި ފޯދިފައިވާ 112 ރުއް ( ރަޖިސްޓްރީ ނަންބަރ 01 އިން 112 ށް ) ކުއްޔަށް ދީފައިވާ މުއްދަތު 04 ޖުލައި 2018 ގައި ހަމަވާނެއެވެ. ވީމާ، މި 112 ރުކުގެ އިތުރުން އަލަށް ފޯދިފައިވާ 22 ރުކާއެކު ޖުމްލަ 134 ރުއް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިރުއްތައް ކުއްޔަށް ދޫކުރެވޭނީ ހުށަހަޅުއްވާ ކުލީގެ ކުޑަބޮޑުމިނަށް އިސްކަން ދީގެން 02 އަހަރު ދުވަހުގެ މުއްދަތަށެވެ.

      ވީމާ، މި 134 ރުއް ކުއްޔަށް ހިފުމަށް އެދޭފަރާތްތަކުން 07 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ޖޫން 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ހުށަހަޅުއްވާ ކުލި ބަޔާންކޮށް، މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 

12 ރަމަޟާން 1439

27 މެއި    2018 

27 މޭ 2018
ހޯދާ