މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރއެއް ހޯދުން

ވަޒީފާގެ ފުރުޞަތު

ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:               އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަމްބަރ:        J-295684

ރޭންކް:              ޖީ.އެސް 3

ކްލެސިފިކޭޝަން:         އޮފިސަރ ގްރޭޑް 1

ސެކްޝަން/ޔުނިޓް:        ކޯޕަރޭޓް އެފެއާޒް

ވަޒީފާއަދާކުރަންޖެހޭ ތަން:    ށ.ނަރުދޫ ކައުންސިލުގެ އިދާރާ  

މުސާރަ:             މަހަކު  -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:     މަހަކު  -/1500 ރުފިޔާ

އޯވަރޓައިމް އެލަވަންސް:  އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ  ދެވޭނެއެވެ

އެހެނިހެން އެލަވަންސް:     ސަޕޯޓިންގ ކޯ އެލަވަންސް ( މަހަކު -/700 ރުފިޔާ )

                 ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

                 ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

ބޭނުންވާ ޢަދަދު:       1 ( އެކެއް )

ގިންތި:            ދާއިމީ

އަސާސީ ޝަރުތު:      ސާނަވީ ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިޙާނަކުން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު،  އޭގެއިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް

  1. ފައިސާ ބަލައިގަތުން
  2. އޮފީހަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް
  3. ޚަރަދު ވައުޗަރ ތައްޔާރުކުރުން
  4. ޝަރުޢީ ކޯޓްތަކުން ކުރާ ޙުކުމްތައް ތަންފީދު ކުރުމުގައި ޝަރުޢީ ކޯޓްތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުން.
  5. މުސާރަ ޝީޓް އަދި މުސާރަ ވައުޗަރ ތައްޔާރުކޮށް ފޮނުވުން
  6. އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުމާއި ރަށޫގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި، އެރަށެއްގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުންދާ މީހުންނާއި، އަދި އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.
  7. އައި.ޑީ ކާޑު ހެދުމުގެ މަސައްކަތް ކަމާއިގުޅޭ މުވައްޒަފެއް ނެތް ޙާލަތެއްގައި ކުރުން
  8. ރަށާއި ބެހޭ މަޢުލޫމާތު ފޯމު ކޮންމެ 4 މަހުން 1 މަހު އަތޮޅު ކައުންސިލު އިދާރާއަށް ފޮނުވުން.
  9. ސަރުކާރުގެ އެކިއެކި އޮފީސްތަކަށް ދެއްކުމަށް އޮފީހަށް ލިބޭ ފައިސާ އެ އޮފީސްތަކަށް ފޮނުވުމާއި ބަލައިގަތުން.
  10. އޮފީހު މުވައްޒަފުންގެ ޙާޟިރީއާއި މިސްކިތު މުވައްޒަފުންގެ ޙާޟިރީއާއި ބަންދު ދުވަސްތަކުގެ ޙާޟިރީ ބެލެހެއްޓުމުގައި ކަމާއިބެހޭ މުވައްޒަފަށް އެހީތެރިވެ، އެ މުވައްޒަފު ނެތް ޙާލަތެއްގައި އެ މަސްކަތްތައް އިސްވެ ކުރުން.
  11. އޮފީހުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުމާއި، ކައުންސިލް ޖަލްސާގެ ޔައުމިއްޔާ އަދި މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގައި އެހީތެރިވެދީ ކަމާއިބެހޭ މުވައްޒަފު ނެތް ޙާލަތެއްގައި އެފަދަ މަސައްކަތްތައް އިސްވެ ކުރުން.
  12. ޔުނިޓުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޢާންމު އެންގުންތަކާއި ، އިޢުލާންތަކާއިބެހޭ އެންމެހައި ކަންތައްތައް ލިޔެ، ރެކޯޑް ބެލެހެއްޓުން.
  13. ކައުންސިލް ޖަލްސާގެ ޙާޟިރީ ބެލެހެއްޓުމާއި،ކައުންސިލުން ނިންމާ ނިންމުންތަކާއި، ފާސްކުރާ ޤަރާރުތައް ޢާންމުކޮށް، ރެކޯޑް ބެލެހެއްޓުމުގައި އެހީތެރިވެދީ، އެ މުވައްޒަފު ނެތް ޙާލަތެއްގައި އެ މަސައްކަތްތައް އިސްވެ ކުރުން.
  14. އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި ބެހޭ ކަންތައްތައް ބެލެހެއްޓުން..
  15. އެންޓްރީ ބެލެހެއްޓުން.
  16. ސަރުކާރާއި، ރައްޔިތުންގެ ތަކެތި ނީލަން ކިޔުން.
  17. ރަށާއިބެހޭ މައުލޫމާތު އެއްކޮށް ބެލެހެއްޓުން.
  18. ފޠުރު ޒަކާތާއި މުދަލު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސައި އެމަސައްކަތް ކުރުން.
  19. ހަނދުބެލުމާއި ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ހަމަޖައްސައި ބެލެހެއްޓުން.
  20. ހަވާލުކޮށްފައިވާ މަސައްކަތްތަކާއިގުޅޭ އެންމެހައި ލިޔެކިޔުންތަކާއި ރިކޯޑްތައް ބެލެހެއްޓުން.
  21. އަދި މިނޫންވެސް ޔުނިޓާއި، ކައުންސިލް އިދާރާގެ ފަރާތުން ޙަވާލުކުރާ މަސައްކަތްތައްކުރުން.
  22. ރަށުގައި ހުންނަ ދަޢުލަތުގެ މުޢައްޞަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

 

ހުށަހަޅަންޖެހޭލިޔުންތައް:       

                1. ފުރިހަމަކޮށްފައިވާ މި އިދާރާގެ ވަޒީފާއަށް އެދޭ ފޯރމް ( މި އިދާރާއިން ލިބެން ހުންނާނެ )

                2. ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޟެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް

                3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.

                  ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖޭއިންބޭރުގެ މަތީ ތަޢްލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

                  ށ) މަތީ ތަޢްލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢްލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ

                4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

                  ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

                  ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

                5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ

                6. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ

                7. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. ( ލިޔެފައިވާ ލިޔުންތަކާއި ފޮޓޯ ސާފުކޮށް އެނގޭފަދަ ކޮޕީއެއް )

                8. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީ.ވީ ) ( ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް )

 

 

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް :  

                1. ތަޢްލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

                2. މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު

                3. މަސައްކަތުގެ ހުނަރާއި،ފެންވަރާއި ޤާބިލުކަމާއި ސިފަތައް

 

މަޤާމަށް އެދެންވީ ގޮތާއިސުންގަޑި:         

                  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖޫން 10 ގެ 13:30 ގެ ކުރިން، ށ.ނަރުދޫ ކައުންސިލުގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  އިން ބަލައިގަނެވޭނެއެވެ. އަދި އިޢްލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު: 

                   މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، 2018 ޖޫން 11 ން 14 އާއި ދެމެދު މި އިދާރާގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

 

އިތުރު މަޢްލޫމާތު:          މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6540049 ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

29 މޭ 2018
ހޯދާ