މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހި ޕާސްޕޯޓްގެ ޚިދްމަތް މިއިދާރާއިން ފޯރުކޮށްދިނުމާއިބެހޭ:

މިއިދާރާއާއި މޯލްޑިވްސް އިމިގްރޭޝަންއާއިއެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން، ދިވެހި ޕާސްޕޯޓްގެ ޚިދްމަތް 03 ޖޫން 2018ވާ އާދީއްތަ ދުވަހުން މިއިދާރާއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިއިދާރާއިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޚިދްމަތްތަކުގެ ތެރޭގައި، މުޅިން އަލަށް ޕާސްޕޯޓު ހެއްދުމަށް އެދޭ ފަރާތްތަކަށާއި، މުއްދަތު ހަމަވެގެން ޕާސްޕޯޓު އައު ކުރަން އެދޭ ފަރާތްތަކަށާއި، މުއްދަތު ހަމަވާން 8 މަހަށްވުރެ ކުރު މުއްދަތެއް އޮތް ޕާސްޕޯޓު އައުކުރަން އެދޭ ފަރާތްތަކުގެ ފޯމް ދޫކުރުމާއި ބަލައިގަތުމާއި ފައިސާ ބަލައިގަތުމެވެ.

                  ޕާސްޕޯޓަށް ދައްކަވަން ޖެހޭ ފައިސާގެ ތަފްސީލް ދިވެހި ޕާސްޕޯޓަށް އެދޭ ފޯމްގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާނެއެވެ. މީގެ އިތުރުން ޚިދްމަތުގެ ފީގެ ގޮތުގައި ކޮންމެ އެޕްލިކޭޝަނަކާއިއެކު 55.00ރ (ފަންސާސް ފަސްރުފިޔާ) ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ.   ޕާސްޕޯޓްގެ ޚިދްމަތް މިއިދާރާއިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30ން މެންދުރު 12:30 އަށެވެ.

                  ވީމާ، މިކަން އާއްމުކޮށް އަންގާ އިއްލާން ކުރީމެވެ.

28 މޭ 2018
ހޯދާ