ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

 

މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

 

މަޤާމް:

މުނިސިޕަލް ސަރވިސް އޮފިސަރ 

މަޤާމުގެ ނަންބަރު:

J-228959

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700ރުފިޔާ
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  3. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  4. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިރިއުޅުމަށް ދޫކުރާ ގޯތި ރަޖިސްޓަރީ ކުރުމާއި، ގުޅޭގޮތުން ގޯތީގެ ވަގުތީ ރަޖިސްޓަރީއާއި، ދާއިމީ ރަޖިސްޓަރީ ހެއްދުން، އަދި ގެއްލިގެން ހައްދަން ހުށަހަޅާ ރަޖިސްޓަރީތައް ޤަވާޢިދުން ހައްދައި ލިޔެބެލެހެއްޓުން.
  2. އުފަންދުވަހުގެ ރަޖިސްޓަރީއާއި، އުފަންދުވަހުގެ ސެޓްފިކެޓް އަދި އައި.ޑީ ކާޑު ހެއްދުމާއިގުޅޭ މަސައްކަތްތައްކުރުމާއި، ރަށްވެހީންގެ ރަޖިސްޓްރީ ފޮތްތައް ލިޔެ ބެލެހެއްޓުން.
  3. ކަނޑުގައިދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއިގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  4. ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއިބެހޭ ސެޓްފިކެޓްތައް ހެއްދުމާއިގުޅޭ އެންމެހައި މަސައްކަތްތައް ކުރުން، އަދި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު ލިޔެ ބެލެހެއްޓުން.
  5. އެއްގަމު ލައިސަންސަށް އެދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމަށް އިދާރާއިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ރިޕޯޓްތައް ޤަވާޢިދުން ފޮނުވުން.
  6. ރުއްގަހުގެ ރަޖިސްޓްރީތައް އެކުލަވާލައި ލިޔެބެލެހެއްޓުން.
  7. ބަނދަރާއި ޢިޖުތިމާޢީ ސަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތް ޙަވާލުވެފައިވާ ފަރާތްތަކުގެ މަސައްކަތް މޮނީޓަރކުރުމާއި، މަގުތަކާއި ބަނދަރު ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ޙަވާލުކުރެވިފައިވާ ފަރާތުގެ މަސައްކަތްތައް މޮނީޓަރކޮށް ބެލެހެއްޓުން.
  8. ރަށުގައިހުރި އަސާރީ ތަންތަނުގެ ދަފްތަރެއް އެކުލަވާލައި އެތަންތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުމާއި، ގައުމީގޮތުން ފާހަގަކުރާ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  9. ސްޕަވައިޒު ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒުކުރުމާއި އަދި އެ މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމަށް ސްޕަވައިޒަރުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  10. އޮފީހުން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

މަޤާމުގެ ޝަރުތުތައް:

ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖުމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އާރބަން ސްޓަރޑީސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ މެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމި ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިކަން އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

 

ދާއިރާ

 

ބެލެވޭނެ ބައިތައް

ދެވޭނެ 

އެންމެ މަތީ

މާކްސް

އިންސައްތަ (%)

 

ކެޓެގަރީގެ

 ޖުމްލަ 

އިންސައްތަ

 

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

65

35

 

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

 

12

 

5

 

5

މަސައްކަތު ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަވިއު

100

40

40

ޖުމްލަ

230

100

100

 

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޖޫން 2018 ވާ ބުދަ ދުވަހު 12:00 ގެ ކުރިން ތ. މަޑިފުށި ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިންލް ([email protected]) އަދި ފެކްސް (6780034) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅަ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެތަނާއި، މުއްދަތު:

  1. މި މަޤަމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނަނީ 14 ޖޫން 2018 އިން 28 ޖޫން 2018 އާއި ދެމެދު ތ. މަޑިފުށި ކައުންސިލްގެ އިދާރާގައެވެ.

 

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

                  މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށާއި، ފެކްސް ކުރުމަށް ގުޅާނީ (6780034) ފޯނު ނަންބަރަށެވެ. އީމެއިލް ކުރާނީ ([email protected]) އަށެވެ.

                        28  މެއި 2018

28 މޭ 2018
ހޯދާ