މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ނޫރް ކޮންޓްރެކްޓް އުސޫލުން ފޮޅާސާފުކުރުން

ޢިޢުލާން

ކޮންޓްރެކްޓް އުސޫލުން މިސްކިތް ފޮޅާސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން

މިރަށު މަސްޖިދުލް ނޫރް މިސްކިތް ފޮޅާސާފުކޮށް ބަލަހައްޓަމުން ގެންދާ ފަރާތުގެ އެގްރިމެންޓްގެ  

މުއްދަތު ހަމަވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ. މިކަމަށް ކުރިމަތި

ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް  ޝައުގުވެރިވާ  ފަރާތްތަކުން 2018 ޖޫން 04 ހޯމަ ދުވަހުގެ 1:15 އަށް

މަޢުލޫމާތު ސާފުކުރަން ވަޑައިގެންދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  2018 ޖޫން 07 ވާ ބުރާސްފަތި ދުވަހުގެ 1:15 ގައެވެ.

މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރ. އަނގޮޅިތިމު ކައުންސިލް

އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ.

ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ އެފަރާތުގެ ސިޓިއާއި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ކުރަން ވަޑައިގެންދަވާއިރު އައި.ޑީ ކާޑު ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.

ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

                             12 ރަމަޟާން    1439

                             27 މެއި      2018

27 މޭ 2018
ހޯދާ