ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (މަަސައްކަތު)

  މި ސްކޫލްގައި ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ އެވެ.

މަގާމު

މަސައްކަތު

 

ބޭނުންވާ އަދަދު

01

 

މަގާމުގެ ގިންތި

ދާއިމީ

 

މަގާމުގެ ކުލެސިފިކޭޝަން

ސަޕޯރޓްސް ސްޓާރފް

 

މަގާމުގެ ނަމްބަރ

 

J-132847

މަގާމް އޮތް އޮފީސް

ނ.ކުޑަފަރީ ސްކޫލް

 

މުސާރަ

3100/-

 

ސާރވިސް އެލަވަންސް

1000/-

 

އެހެނިހެން  އެލަވަންސް

 

ސަޕޯރޓިން ކޯ އެލަވަންސް: 1200

 

އިތުރު އިނާޔަތްތައް

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  4.  

 

މަޤާމުގެ މައްސޫލިއްޔަތުތަކާއި ވާޖިބުތައް

  1. ސްކޫލް އެތެރެ ކުނިކަހައި، ފޮޅައި ސާފުކޮށް މޮއްޕުލުން،
  2. ސްކޫލްގެ ދޮރުފަތްތަކާއި، ދޮރުދާރަތަކާއި ފެންލައިޓްތައް އަދި ބިއްލޫރި ޖަހާފައިވާ ތަންތަނުގެ ބިއްލޫރިތައް ފޮހެ ސާފުކޮށް ބެލެހެއްޓުން،
  3. ސްކޫލްގެ ގޯތިތެރެ އާއި މަގުފަޅިތަކުގެ ވިނަނޮޅައި، ކުނިކަހައި ސާފުކޮށް ބެލެހެއްޓުން،
  4. ސްކޫލްގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން،
  5. ސްކޫލްގެ ގޮނޑި މޭޒުތަކުން ހިރަފުސް ފޮޅައި، ފެންފޮތިލައި ސާފުކޮށް ބެލެހެއްޓުން،
  6. ސްކޫލްގެ ބަގީޗާތަކާއި، ކޮށައި ބަލަހައްޓަންޖެހޭ ގަސްތައް ކައުންސިލުން އަންގާ ގޮތެއްގެ މަތީން ކޮށައި ބެލެހެއްޓުން،
  7. ސްކޫލްގެ އޭސީތަކާއި އެހެނިހެން މެޝިނަރީޒް އަދި އިކުއިޕްމަންޓްސް ސާފުކޮށް ބެލެހެއްޓުން،
  8. ސްކޫލުން އަދި ސްކޫލް ބައިވެރިވެގެން ބާއްވާ ބައްދަލުވުންތަކާއި، ޙަފްލާތައް ނުވަތަ ޖަލްސާތަކާއި ސެމިނަރ ނުވަތަ ފޯރަމްތަކަށް ތަން ތައްޔާރުކުމާއި އެކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުން،
  9. ސްކޫލުން އެކި ފަރާތްތަކާއި ޙަވާލުކުރަންޖެހޭ ތަކެއްޗާއި ލިޔެކިޔުންތައް ޙަވާލުކުރުމާއި، އަންގަންޖެހޭ އެންގުންތައް އެންގުން،

10. ސްކޫލާއި ސްކޫލްގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ތަކެތީގެ ކުދި މަރާމާތުތައް ކުރުން،

  1. ސްކޫލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަމާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް،

 

މަޤާމުގެ ޝަރުތުތައް

ލިޔަންކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް

  • ލިބިފައިވާ ތައުލީމާ ތަމްރީން (26% )
  • ލިބިފައިވާ މަސައްކަތު ތަޖުރިބާ (26% )
  • ލިބިފައިވާ ހުނަރު އަދި އިންޓަވިއު (48% )

ހުށައަޅަންޖެހޭ  ލިޔުންތައް

 1.  ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނ.ކުޑަފަރީ ސްކޫލުގެ އޮފީހުން  ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖޫން 4 ހޯމަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން ނ.ކުޑަފަރީ ސްކޫލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަމްބަރަކީ 6561802 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި ތާރީޚް:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ލިޔަންކިޔަން އިގޭތޯ ބަލާ އިމްތިހާނުން ފާސްވާ ފަރާތްތަކަށެވެ.އަސާސީ ތައުލީމް ހާސިލުކުރިކަމުގެ ރަސްމީ ލިޔުމެއް ހުށައަޅާފައިވާ ފަރާތްތަކަށް މި ޓެސްޓެއް ނުދެވޭނެއެވެ.   

އަދި މަޤާމުގެ އިންޓަރވިއު އާއި ޕްރެކްޓިކަލް އިއުލާންގެ މުއްދަތު ހަމަވާތާ 10 ދުވަސް ތެރޭގައި ކުރިއަށް ގެންދެވޭނެއެވެ.

ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %25 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6561802 ނަންބަރު ފޯނާއެވެ.   އީ-މެއިލް ކުރާނީ [email protected]އަށެވެ.

 

27 މޭ 2018
ހޯދާ