ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2018/39

ތާރީޚް: 24 މޭ 2018

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: އެމް.އެސް 1

ޢަދަދު

01

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

-/5,610 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %50 (-/2,805)

- ސަރވިސް އެލަވަންސް: -/2,000

- ލިވިންގ އެލަވަންސް: -/3,000

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ
  2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއިއެކު، GS4 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ޝަރުޢީދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ އިދާރީ އޮނިގަނޑު މުރާޖަޢާކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކޮށް، މަޢުލޫމާތު އެއްކުރުމާ އަދި އެކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ ކަރުދާސްތައް އެކުލަވާލާ، ކަމާގުޅޭ ފަރާތްތަކަށް ހުށަހެޅުން.
  • ޝަރުޢީދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ އޮގްނޯގްރާމްތައް ތައްޔާރުކޮށް ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޝަރުޢީދާއިރާގެ ކޯޓުތަކާއި، އިދާރާތަކުގެ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ވިލަރެސްކުރުމާއި، އެމުވައްޒަފުންގެ މަސައްކަތު ފެންވަރު ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މޮނިޓަރކޮށް ބެލެހެއްޓުމާއި، އަދި އެކަށީގެންވާ މިންވަރަށް މަސައްކަތްނުކުރެވޭ މުވައްޒަފުންނަށް ދޭންޖެހޭ ކައުންސިލިންގ ދިނުމާ، ޓްރެއިނިންގތައް ބޭނުންވާ މުވައްޒަފުން ދަނެގަނެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިޓްރެއިނިންގތައް ފޯރުކޮށްދިނުމަށް އެހީތެރިވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންނާގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ އެކި އެކި ރިޕޯޓްތައް އެކުލަވާލާ ކަމާގުޅޭ ފަރާތްތަކަށް ހުށަހެޅުން.
  • ފަނޑިޔާރުންނާ، ޝަރުޢީދާއިރާގެ އިދާރީ މުވައްޒަފުންގެ ޕޯޓްފޯލިއޯ އަޕްޑޭޓްކޮށް ބެލެހެއްޓުން.

 

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2018 ޖޫން 03 ވާ އާދީއްތަ ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: 40 ޕަސެންޓު
  • މަސައްކަތުގެ ތަޖްރިބާ: 8 ޕަސެންޓު
  • އިންޓަރވިއު އާއި މަސައްކަތަށް ބޭނުންވާ ހުނަރަށް: 40 ޕަސެންޓު
  • ޝަރުޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ އެފަރާތެއްގެ މަސައްކަތު އަޚްލާޤާއި،  ޕަރފޯމެންސަށް: 12 ޕަސެންޓު

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ރާއްޖެތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތަޢުލީމު ހާޞިލުކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ޕްރެޒެންޓޭޝަންތައް ތައްޔާރުކޮށް އޯޑިއެންސަށް ޑެލިވަރކޮށްދިނުމުގެ ޤާބިލުކަން ހުރި ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް، ކޮރަލްޑްރޯ އަދި ޕަވަރޕޮއިންޓް ފަދަ ޕްރޮގްރާމްސްތައް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
  • ސުޕަވައިޒަރުގެ މާބޮޑު ގައިޑެންސެއް ނެތި މިނިވަންކަމާއެކު، އަމިއްލަ ވިސްނުމާ ޚިޔާލު ބޭނުންކޮށްގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • ވަޒީފާއާއިބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާއި، އަދި ޝަރުޢީދާއިރާގައި ހެދިފައި ހުންނަ ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

 

24 މޭ 2018
ހޯދާ