މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ރަސްމާދޫ އިޖުތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމާއިބެހޭ

ނަމްބަރ : IUL)306/306/2018/19) 

 

އިޢުލާން

  

ރ.ރަސްމާދޫގެ އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުމާއިބެހޭ

        މިރަށުގެ އިޖުތިމާއީ ސަރަހައްދުތަކާއި، މަގުތައް ކޮންޓްރެކްޓް އުސޫލުން ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިފަދަ ފަރާތްތަކުން މަޢުލޫމާތު ސާފްކޮށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޤާނޫނު ނަމްބަރު 2014/18، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު 2014/19، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

        ވީމާ، މިމަސައްކަތަށް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް މައުލޫމާތު ސާފުކުރައްވާ، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ވަޑައިގަންނަވާއިރު، އައިޑީ ކާޑް ހިއްޕަވައިގެ ވަޑައިގަތުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

05 ޖޫން 2018 (އަންގާރަ)

(ހެނދުނު) 11:00

07 ޖޫން 2018 (ބުރަސްފަތި)

(ހެނދުނު) 11:00

        މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏެއްގެ ފަރާތުން މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ކުންފުނީގެ ލިޔުމެއް ގެންނަވަންޖެހޭނެއެވެ. އަދި އަމިއްލަފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން ފަރާތެއް މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމެއް ގެންނަންޖެހޭނެއެވެ. އެނޫން ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

        މިކަމާއި ގުޅޭ ގޮތުން އިތުރުމަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، ރަސްމީ ގަޑީގައި މިކައުންސިލްގެ ނަމްބަރ: 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.

        އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތަށް ކުރުމަށް ހުށަހަޅާ ފަރާތްތަކުގެތެރެއިން ފަރާތެއް ކަނޑައަޅާނީ، ތިރީގައި މިބަޔާންކުރާ އުސޫލުން މާކްސް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބިލައްވާ ފަރާތެވެ.

        1-   މަސައްކަތުގެ އަގު (75 އިންސައްތަ)

        2-   މި ފަދަ މަސައްކަތުގެ ތަޖުރިބާ (25 އިންސައްތަ)

        ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 މޭ 2018
ހޯދާ