ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކެފޭ އަދި ގިފްޓްސޮޕެއް ކުއްޔަށް ދޫކުރުން

ކެފޭ އަކާއި، ގިފްޓް ޝޮޕެއް ހިންގުމާއިގުޅޭ.

މިހޮސްޕިޓަލުގެ ގޯތިތެރޭގައި ހުރި ކެފޭ މުއްދަތު ހަމަވާތީވެ، ކެފޭއާއެކު ގިފްޓް ޝޮޕެއް ހިންގުމަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޖޫން 2018 ވާ ހޯމަ ދުވަހު 13:30 އަށް ބ. އަތޮޅު ހޮސްޕިޓަލަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖޫން 2018 ވާ ހޯމަ ދުވަހު 13:30 އަށް ބ. އަތޮޅު ހޮސްޕިޓަލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

24 މޭ 2018
ހޯދާ